ރިޕޯޓް

ކައިވެންޏަށް 11 އަހަރު ފުރުން ފާހަގަ ކުރަން އަންހެނުންނަށް ދިން ތަފާތު ހަދިޔާ، މާނަ އޮޅުވާލީ މުޖުތަމައުން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހަބަރުތަކުގެ ފަލަ ސުރުހީތަކާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިއަދު އޮތް ވާހަކަ އަކީ ކައިވެންޏަށް 11 އަހަރު ފުރުން ފާހަގަ ކުރަން މީހަކު ދިން ތަފާތު ހަދިޔާއެއްގެ ވާހަކައެކެވެ. އެކަން ގިނަ ބަޔަކަށް ވީ ވަރަށް ސަޅި ވަރަށް "ކިއުޓް" ކަމަކަށެވެ. އެކަން ސަޅި ކަމަކަށް ވެގެން އެވާހަކަ މީސްމީީޑިއާގައި އެތައް ބަޔަކު ވެސް ދެއްކިއެވެ.

Ads by Sosun Fihaara

"ޔުނީކް"، މޮޅު ވިސްނުމަކާއެކު މިފަދަ ހަދިޔާތަކެއް ވެޑިންގ އެނިވާރސަރީގައި މިދިނީ، ހަގީގަތުގައި ވެސް މިފަދަ ކޮންމެ ކަމަކަށް ކުޅަދާނަ ފަރާތެކެވެ. އޭނާގެ ހުނަރުވެރިކަން ފެނި ކިތަންމެ ބަޔަކު އާޝޯހު ވެފައިވާ ފަރާތެކެވެ. އެއީ އެލައިޑް އިންޝިއުރެންސްގެ މާރކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް އެވެ.

ނިއުޝާދު، އަންހެނުންނަށް ދިން ހަދިޔާ ވަރަށް ވެސް ތަފާތެވެ. އޭނާގެ ތަފާތު މޮޅު ވިސްނުން ދިވެހީންނަށް ފެނިގެން ގޮސްފައިވަނީ އެލައިޑް އިންޝިއުރެންސްގެ ތަފާތު އިސްތިހާރުތަކުންނެވެ. އޭނާގެ އިސްތިހާރުތައް ގިނަ ބަޔަކު ބަލަނީ ބަލާ ހިތުންނެވެ. އިސްތިހާރު އައުމުން ފޫހިވާ މީހުންވެސް އެލައިޑްގައި ނިއުޝާދު ތައްޔާރު ކޮށްފައި ހުންނަ މޮޅެތި އިސްތިހާރު ފެނުމުން ޝައުގުވެރިކަމާއެކު ބަލައެވެ.

ނިއުޝާދު އަންހެނުންނަށް ދިނީ ކޮން ހަދިޔާއެއްކަން ގިނަ ބަޔަކަށް އޮންނާނީ އެނގިފައެވެ. އަންހެނުންނަށް ހަދިޔާ ދިނުމުގެ ގޮތުން ނިއުޝާދު އަމިއްލަ ފޭސްބުކް އެކައުންޓުގައި ކުރި ވީޑިއޯ ވަނީ 6 ހާހަށް ވުރެ ގިނަ މީހުން ބަލާފައެވެ.

އަންހެނުންނަށް ހަދިޔާއެއްގެ ގޮތުން ނިއުޝާދު އެންމެ ފުރަތަމަ ދިނީ ފަޔާރ ބްލޭންކެޓެކެވެ. އޭގެ ބޭނުމަކީ އަންހެނުން ރުޅި އައުމުން މާ ބޮޑަށް ހޫނުވެ އަލިފާން ހިފުމުން އަލިފާން ނިއްވާލުން ކަމަށް އޭނާ އެ ވީޑިއޯގައި ބުނެއެވެ. އަދި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް އޭގެ ބޭނުން ހިފޭނެ ކަމަށް ބުންޏެވެ. ދެވަނަ ހަދިޔާއެއްގެ ދިނީ "ގޭސް އެލާމް" އެކެވެ. އެ ގޭސް އެލާމުން ގުދުރަތީ ގޭސް ވެސް ދެނެގަންނަ ކަމަށް ނިއުޝާދު ބުނެއެވެ. އެހެންކަމުން ގޭސް ލީކެއް ގޭތެރޭގައި އުޅޭނަމަ އޭގެން އެލާމް އަޅާނެ ކަމަށް އޭނާ ފާހަގަ ކުރެއެވެ.

ނިއުޝާދު ތިންވަނަ ހަދިޔާއަކަށް އަންހެނުންނަށް ދިނީ ތަފާތު ހަދިޔާއެކެވެ. އަލިފާން ނިއްވާ "އެންޓި ފަޔާރ" އެކެވެ. ނިއުޝާދު ފާހަގަ ކުރާ ގޮތުގައި އޭގެ ބޭނުމަކީ ދިރިއުޅުމުގައި މާ ބޮޑަށް މައްސަލަ ޖެހުމުން މައްސަލަ ނިއްވާލުން ކަމަށާއި އަލިފާން ރޯވެއްޖެ ނަމަ އަލިފާން ވެސް ނިއްވާލުމެވެ. އޭގެ އަގުވެސް ވަރަށް ހެޔޮ ކަމަށާއި އެންމެ 1080 ރުފިޔާއަށް ލިބޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

އަންހެނުން ހިތްހަމަ ޖައްސައިގެން 11 އަހަރު އިނދެގެން އުޅެވޭނީ މިކަހަލަ ކަންތައް ކޮށްގެން ކަަމަށް ވީޑިއޯ ނިންމާލަމުން ނިއުޝާދު ބުނެއެވެ.

ކޮންމެއަކަސް މި ވީޑިއޯ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ޕޯސްޓު ކުރުމުން ނިއުޝާދަށް އާއްމުންގެ ފަރާތުން އޮހެން ފެށީ ތައުރީފެވެ. އޭނާގެ މޮޅު ތަފާތު އައިޑިއާއަށް ގިނަ ބަޔަކު ދިޔައީ ތައުރީފް ކުރަމުންނެވެ. އެ ތައުރީފްތައް ނިއުޝާދުގެ ދުވަސް އިިތުރަށް އުޖާލާ ކޮށްދިނެވެ.

ނިއުޝާދުގެ ދުވަސް ބަނަ ކޮށްލީ މުޖުތަމައުގައި އުޅޭ އެންމެ ފަރުދަކު ކުރި ވިޔާނުދާ އަމަލެއްގެ ސަބަބުންނެވެ. އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ވީޑިއޯގެ މާނަ އޮޅުވާލާ މީހަކު އެ ވީޑިއޯ ޕޯސްޓު ކުރި ހިސާބުންނެވެ.

އެ ވީޑިއޯ ޕޯސްްޓު ކުރި މީހަކު އެ ވީޑިއޯގެ މާނަ މުޅިން އޮޅުވާލީއެވެ. އެ ވީޑީއޯ ކޮންމެވެސް ގޮތަކުން ޑައުންލޯޑްކޮށް އަމިއްލަ ފޭސްބުކް އެކައުންޓުގައި އަޕްލޯޑް ކޮށްފައިވަނީ މުޅިން އެހެން މާނައެއް ދޭހަވާ ފަދަ ކެޕްޝަނެއް ޖެހުމަށްފަހުގައެވެ. އެގޮތުން އަންހެނުން ނިކަމެތިކޮށް ހެދިފައި ހުންނަ މިފަދަ އިޝްތިހާރުތައް ހުއްޓުވެން ޖެހޭ ކަމަށާއި ތަނެއްގައި ރޯވާ އަލިފާނާއި އަންހެނުން އެއް ހަމަ ނުކުރެވޭނެ ކަމަށް އޭނާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ނިއުޝާދުގެ މުޅި ދުވަސް ހަރާބުވީ އެހިސާބުންނެވެ. މުޖުތަމައުގެ ގިނަ ބަޔަކަށް ނިއުޝާދުގެ އަމިއްލަ އެކައުންޓުގައި ކުރި ވީޑިއޯ އަކީ އިސްތިހާރެއްކަަމަށް ބެލެވެން ފެށީ ވެސް އެހިސާބުންނެވެ. އަންހެނުންނަށް ފުރައްސާރަކޮށް އިސްތިހާރު ހަދަނީ ކަމަށްވެސް ނިއުޝާދުގެ ބޮލުގައި ތުހުމަތު އެޅުނީ ހަމަ އެހިސާބުންނެވެ. ގިނަ ބަޔަކު ނިއުޝާދުއާ އެއްކޮޅަށް ވާހަކަ ދެއްކި ނަމަވެސް ކަމުގެ ދެކޮޅު ނުބަލައި ވެސް އެތައް ބަޔަކު ނިއުޝާދު ގޯސްކޮށް ވާހަކަ ދައްކަމުން ދިޔައެވެ.

ނިއުޝާދު ބުނީ އެއީ އޭނާ އެލައިޑަށް ހެދި އިސްތިހާރެއް ނޫން ކަމަށެވެ. އެލައިޑްގެ އިސްތިހާރެއް ނަމަ އެ ޕޯސްޓު ކުރާނީ އެލައިޑްގެ ޕޭޖްގައި ކަމަށާއި މި ވީޑިއޯ ޕޯސްޓު ކޮށްފައިވާނީ އޭނާގެ އަމިއްލަ އެކައުންޓުގައި ކަމަށް ފާހަގަ ކުރިއެވެ. އެހެން ނަމަވެސް އޭނާގެ އަދި އޭނާ މަސައްކަތް ކުރާ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމުން އެކަމާ ދެރަވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ނިއުޝާދުގެ ވީޑިއޯގައި އަންހެނުންނަށް އެއްވެސް ގޮތަކަށް ފުރައްސާރަ ކޮށްފައެއް ނުވެއެވެ. އެ ވީޑިއޯގެ މާނަ އޮޅުވާލީ މުޖުތަމައުން ވަކި ބަޔަކުއެވެ. ކައިވެންޏަށް 11 އަހަރު ފުރުނު އުފާވެރި ދުވަސް ހަރާބު ކޮށްލީ މުޖުތަމައުގެ ވަކި ބަޔަކު ކުރި ވިޔާނުދާ ކަމެއްގެ ސަބަބުންނެވެ.

 

Ads by HDC
  1. ޢަލީ

    މާބޮޑަށް އެނގޭމީހުން ގިނައީ ވާނުވާ ނޭގޭމީހުން އުޅޭނެ !
    ނިއޔޟާން އަޅާނުލާ..

  2. ފަހިވިސްނުން

    ހާމަކުރަންނުޖެހޭ ކަންކަން ހާމަކުރުމުން ތިޔަފަދަ ކަންކަން ދިމާވަނީ. މިހާރު ކޮންމެކަމެއްވެސް މީސްމީޑިޔާގަ. ދެމަފިރިން ގާތުގައި ޖެހިޖެހިގެން ތިބޭއިރުވެސް ލޯބިވާ ވާހަކަ އެފްބީގަ ނުބުނިއްޔާ ލޯބިވާކަމަކަށް ނުވެ. ދަރިޔަކަށް ހެވެއްއެދެނީވެސް އެފްބީގަ. މައިންބަފައިންނަށް ހެޔޮ ދުޢާއެއް ކުރިޔަސް އެފްބީގަ. އެތެރެފުށުގައި ކަމެއްނެތި ބޭރުފުށުން ކަންކަން ނުކުންނަން ފެށީމަ ވާގޮތްވެސް ތޯއްޗެ.

  3. ދިލް

    މަނަމަ ވަރަށް ފޫހިވާނެ ތިފަދަ ގޮތަކަށް މަށަށް ވީޑިއޯ އެއް ހަދައި ފިއްޔާ. ނޭގެ އެހެން މީހުންގެ ގޮތެއް.

  4. އޭނާ

    ތިސޮރަށް ވީވަރު ކުޑަ އަދި. ވަރަށް

  5. އާލް

    މީހުންނަށް ދެއްކެން ވެގެން އުޅެންޏާ ވާނެ ތިހެންވެސް. ތެދަށް ބުނާނަމަ އަމިއްލަ އަށް ދުވަސް ތިފަނިކުރީ. ދެން އެހެންމީހިން ބޮލަށް އެކަން ނުޖެހިއްޔާ ރަނގަޅު ވާނީ.

  6. ޢަފް

    ޢެޔަށް އަހަރެމެން ކިޔަނީ ފުރައްސާރަ.
    މޮޚުކަމަކަށްވަނީ އަންހެނުނަށް މަލާަމާތް ކުރުމަަަަަަަކީ

  7. ޚިޔާލު

    ޢެއީ މޯސްޓު އެޑިޔުކޭޓެޑް ޕްރިންސިޕަލުންނަށް ވީމަ ވާގޮތް