އިނގިރޭސިވިލާތުގައި ބުރުގާ އަޅާ ފުލުހުންނަށް ހާއްސަ ޔުނިފޯމެއް
އިނގިރޭސިވިލާތުގައި މުސްލިމު އަންހެން ފުލުހުން އިތުރު ކުރުމުގެ ގޮތުން، ފުލުހުންގެ ޔުނިފޯމުގައި ހިމެނޭ ބުރުގާއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެގައުމުގެ ފުލުހަށް މުސްލިމުން ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން އެގައުމުގެ ފުލުހުން ނިންމި ނިންމުމެކެވެ.
މީގެ ކުރިން ނިއުޒީލެންޑުން ވެސް ވަނީ އެގައުމުގައި މުސްލިމު އަންހެން ފުލުހުން އިތުރުކުރުމުގެ ގޮތުން ފުލުހުންގެ ޔުނިފޯމަށް ބުރުގާ އިތުރުކޮ ށްފައެވެ.
ޔޫކޭ ފުލުހަށް އިތުރުކުރި ބުރުގާ ޑިޒައިން ކޮށްފައި ވަނީ ފުލުހުގައި މަސައްކަތް ކުރާ މުސްލިމު އަންހެނެކެވެ. އޭނާ ބުނި ގޮތުގައި ކުރީގައި އަޅަން ޖެހޭ ބުރުގާ އަކީ އަޅައިގެން އުޅުމަށް ވަރަށް އުނދަގޫ ބުރުގާއެކެވެ.
ނަމަވެސް ފަހުން ތައްޔާރު ކުރި ބުރުގާއަކީ މީހަކު ބުރުގާގައި ހިފާ ދަމާލި ނަމަވެސް ފަސޭހައިން ނުނެއްޓޭނެ ކަރުގައި ބުރުގާ އޮޅިގެން ފަދަ ގޮތަކަށް ވެސް އެފަދަ ހާލަތެއްގައި ގެއްލުން ނުވާނެ ގޮތަށް ފަރުމާ ކޮށްފައިވާ ބުރުގާއެކެވެ.
އަދި މި ބަދަލާއެކު ގިނަ މުސްލިމު އަންހެނުންނަށް އެ ބުރުގާގައި އިތުރު ރައްކާތެރިކަމެއް އިހުސާސު ވެގެންދާނެ ކަމަށް ބުނެފައިވެއެވެ.