ދުނިޔެ

އިނގިރޭސިވިލާތުގައި 1,311 މީހަކަށް ކޮވިޑް-19 ޖެހުނު ކަމަށް "އޮޅިގެން" ބުނެވިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިނގިރޭސި ވިލާތުގައި، ކޮވިޑް-19 ނުޖެހޭ 1،311 މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެޤައުމުގެ ސިއްޙަތާ ބެހޭ އިދާރާއިން "އޮޅިގެން" ބުނެވިއްޖެއެވެ.

Ads by Sosun Fihaara

އެޤައުމުގެ ޑިޕާޓްމެންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއަރ އިން ބުނެފައި ވަނީ ޖުމްލަ 1311 މީހުންގެ ޓެސްޓްގެ ނަތީޖާ ސައްޙަ ނޫން ކަމަށާއި ބައްޔަށް ފައްސި ނުވާ މީހުން ފައްސިވެފައިވާ ކަމަށް ބުނެވިފައި ވަނީ ލެބޯޓަރީ ރިޕޯޓްގެ މައްސަލައަކުން ކަމަށެވެ.

އަދި ނޮވެންބަރު 19 އިން 23 އާ ދެމެދު ޓެސްޓް ކުރި ބައެއް މީހުން ޓެސްޓް ކުރުމުގައި ބޭނުން ކުރާ ކެމިކަލްގައި މައްސަލަ ޖެހި ލެބޯޓަރީ ރިޒަލްޓަށް ބަދަލު އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ޑިޕާޓްމެންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއަރ ބުނެފައި ވަނީ ، ޓެސްޓްގެ ނަތީޖާ ނުބައިކޮށް ފޮނުވުނު ފަރާތްތައް އަލުން ޓެސްޓް ކުރަން ނިންމާފައިވާ ކަމަށާއި އަދި ދެވަނަ ފަހަރަށް ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބުމަށް ވަނީ އެދިފައެވެ.

އެއިދާރާއިން އިތުރަށް ބުނެފައިވަނީ ލެބޯޓަރީ ނަތީޖާ މައްސަލަ ޖެހުނު ސަބަބު ހޯދުމަށް މިހާރު ތަޙްޤީޤެއް ކުރިޔަށް ގެންދާ ކަމަށާއި ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވެ ނުދިނުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގައި މިހާތަނަށް، 1,589,301 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 57,551 މީހަކު މިބަލީގައި ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!