ޚަބަރު

ސަނީފްގެ ވާހަކަ ނިޒާރު ސިފަ ކުރެއްވީ ދެއުޅިއެއް ނުވާ ވާހަކައެއްގެ ގޮތުގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވަސީލަތް ހުރީ ހުވަދު އަތޮޅުގައި ކަމަށާއި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިނގިރޭސިން ހަނގުރާމަ އަށް ހެދި އެއާޕޯޓެއް ތަރައްގީ ނުވާނެ ކަމަށް ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވުމާ ގުޅިގެން އެކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.

Ads by STELCO

މެންބަރު ސަނީފްގެ ވާހަކައާ ގުޅިގެން އަލީ ނިޒާރު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ "މި ޒާތުގެ ދެ އުޅިއެއް ނުވާ ވާހަކަ" ދެއްކެނީ ރާއްޖެ ތަރައްގީވާން ޖެހޭ ގޮތުގެ ޕްލޭނެއް މިހާތަނަށް ރޭވިފައި ނެތުމުން ކަމަށެވެ.

"މިހާރު ޕްރޮޖެކްޓަކީ މަޖިލިސް މެންބަރުންގެ ޑިމާންޑަށް ވާން ޖެހޭ އެއްޗަކަށްވެ، ބަޖެޓުގައިވާ އަދަދަކީ މެންބަރުން ރުއްސަން ޖަހާ އަކުރަށް ވާތަން މި ފެންނަނީ" އަލީ ނިޒާރުގެ ޓްވީޓުގައި ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވަނީ އައްޑޫ އެއާޕޯޓަށް ބަރޯސާ ވެވެން ނެތް ކަމަށް ދޭހަވާ މޭރުކަމުން ވާހަކަ ދައްކަވާފައެވެ. ސަނީފު ވިދާޅުވީ ހުވަދު އަތޮޅު ރައްޔިތުން، ހުވަދު އަތޮޅުގެ ވަސީލަތްތައް އެހެން ބަޔަކަށް ގުރުބާން ކުރެވެން ނެތް ކަމަށެވެ.

"ދިވެހިރާއްޖެ ތަރައްގީ ކުރަންޖެހޭނީ ރަށްތައް އޮންނަ ގޮތަށް. އިގްތިސާދު ފުޅާކުރެވޭނެ ގޮތަށް. ކީއްވެގެންތޯ ދިވެހިރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް މިކަން ކުރަން ނޫޅެނީ،" ސަނީފު ވިދާޅުވިއެވެ.

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!