ތެދުވެރި ރަޙުމަތްތެރީންނާއި ޙަޤީޤީ ދުޝްމަނުން އެނގިގެން ދާނީ ދަތި އުނދަގޫ ވަގުތުތަކުގައި: މުފްތީ މެންކް

ދަތި އުނދަގޫ ޙާލަތްތަކާއި މުސީބާތުގެ ދަނޑިވަޅުގެ ހިތި ޙަޤީޤަތަކީ ތެދުވެރި ރަޙުމަތްތެރީންނާއި ޙަޤީޤީ ދުޝްމަނުން އެނގިގެންދާނީ އެވަގުތުގައި ކަމަށް ވުން ކަމަށް ޒިމްބާބުވޭގެ މުފްތީ އިސްމާޢީލް އިބުނު މޫސާ މެންކު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ކޮންމެ ދުވަހަކު އެތަކެއް ދީނީ ދަރުސްތަކާއި ދިރިއުޅުމާގުޅޭ ނަސޭޙަތްތައް ދެއްވާ މުފްތީ މެންކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތި އުނދަގޫ ޙާލަތްތަކުގައި އެހީތެރިވާ މީހުންނާއި ދުރުވެގަންނަ މީހުން ތިބޭނެ ކަމަށެވެ. މީގެ އެފަދަ ވަގުތުގައި ހެޔޮ ބަސްތައް ބުނާނެ މީހުން ވެސް ތިބޭނެ ކަމަށާއި ނަމަވެސް ޙަޤީޤަތަކީ އެފަދަ މީހުންނަކީ އެއް އަތުގެ އިނގިލިން ގުނާލެވޭހާ މަދު ބައެއް ކަމަށް ވެސް މެންކު ވިދާޅުވިއެވެ.
މުފްތީ މެންކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އާންމުން އިހްތިރާމާއި ޤަދަރު ކުރާ ބޭކަލެކެވެ. މީސްމީޑިއާގައި ހަރަކާތްތެރި މެންކް ފޮލޯ ކުރާ އެތައް މިލިއަން ބަޔަކު އުޅޭއިރު އޭގެ ތެރޭގައި އެކި ދީންތަކުގެ އެތައް ބަޔަކު ވެސް ހިމެނެއެވެ.