ޚަބަރު

ރައީސް ޔާމީންގެ އާދޭސް: ކައުންސިލު އިންތިހާބުގައި މިސަރުކާރު ބަލިކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރައްވާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މިސަރުކާރު ބަލި ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

Ads by STELCO

ރައީސް ޔާމީންގެ މި އެދިވަޑައިގަތުން ހާމަކުރެއްވީ އިދިކޮޅު ޕީއެންސީގެ ރައީސް އަދި މިވަގުތު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ. އެމަނިކުފާނު މިއަދު ވަނީ މާފުށީގައި ރައީސް ޔާމީންއާ ބައްދަލު ކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވާން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ.

"އަދި ކޮންމެފަދަ ޙާލަތެއްގައި ވެސް ރާއްޖެ ދޫކުރައްވާ ވަޑައި ނުގަންނަވާނެ ކަމަށާއި ރައްޔިތުން, ލޯކަލް ކައުންސިލު އިންތިޚާބުގައި މިސަރުކާރު ބަލި ކުރުމަށްޓަކައި ސާބިތުކަމާއެކު ހިތްވަރާއެކު މަސައްކަތް ކުރުމަށް ރައީސް ޔާމީން ގޮވާލެއްވި" އަދުރޭ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށްޓަކައި ވެސް އަދި މިޤައުމަށްޓަކައި ވެސް މިއަދު ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ ކައުންސިލު އިންތިހާބުގައި އެމްޑީޕީ އާއި ކޯލިޝަން ސަރުކާރު ބަލިކުރުން ކަމަށާއި ވޯޓުން އެނަތީޖާ ދައްކަވާ ދެއްވުމަށް ރައީސް ޔާމީންގެ ސަޕޯޓަރުންނަށާއި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ގޮވާލެއްވި ކަމަށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!