ބޮލީވުޑް މުނިފޫހިފިލުވުން

މި ފޮޓޯގައި މިވަނީ ކާކުކަން ނިކަން ދިމާ ކޮށްބަލަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ފޮޓޯ ބެލުމަށް ފަހު އެއީ ކާކުކަން ސީދާ ކުރުން ސޯޝަލް މީޑިއާގެ އެކި މަންސަތަކުން މިވަނީ ފަހަކަށް އައިސް ފޯރިއާއެކު ކުރިއަށް ދާން ފަށާފައެވެ. އެގޮތުން މިއަދު ފޮޓޯ ހާމަ ކުރެވިފައި އެވަނީ ކާކުކަން ނިކަން ދިމާކޮށް ބަލާށެވެ.

Ads by STELCO

ފޮޓޯގައި އެވަނީ ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސް އެއްގެ ފޮޓޯއެކެވެ. ކުރީގެ ފިލްމުތަކުން ވެސް އަދި މިހާރު ވެސް ބައެއް ފިލްމުތަކުން ފެންނަމުން އަންނަ މޫނެކެވެ. އަދި ދިވެހި ގިނަ ޒުވާން ފިރިހެނުންގެ ހިތްތަކުގައި ރަނިކަން ކުރަމުން ވެސް އަންނަ އެކްޓްރެސް އެކެވެ.

އާދޭހެވެ. މަތީގައި އެވާ ފޮޓޯއިން ތިޔަ ބޭފުޅުންނަށް ފެނިގެން އެދަނީ ބޮލީވުޑުގެ ފިލްމީ އުދަރެހުގައި ފިޔަ ޖަހަމުން އަންނަ ތަރިއެއް ކަމަށްވާ ކަރީނާ ކަޕޫރެވެ. ކަރީނާ އަކީ ގިނައިން ކުރީގެ ފިލްމުތަކުން ފެނިގެން ދިޔަ ތަރިއެކެވެ. އަދި މިހާރު ވެސް މަދު މަދުން ފެންނަމުންދާ ފިލްމީ ފަންނާނެކެވެ.

ކަރީނާ ކަޕޫރު ފެނިގެން ދިޔަ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި، “ހަމް އާޕްކޭހޭ ކޯން”، “ކަބި ޚުޝީ ކަބި ޣަމް” އަދި “ރާވަން” ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ. މިހާރު ކަރީނާ ކަޕޫރު ފިލްމީ އިންޑަސްޓްރީން ފެނިގެން ދާ މިންވަރު މަދު ވެފައި ވީނަމަވެސް ގިނަ ބައެއް އުއްމީދު ކުރަމުން ދަނީ، ކުރިއަށް އޮތް ތަނުގައި ކަރީނާ ކަޕޫރުގެ އިތުރު ފިލްމުތަކެއް ފެނިގެން ދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!