ޚަބަރު

ރަށްފަޅުހުރާ ގައި ހިނގި ހަމަނުޖެހުން ހައްލުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރަށްފަޅުހުރާގައި ހިނގި ހަމަނުޖެހުން، ފުލުހުން މިހާރު ހައްލު ކޮށްފައިވާ ކަމަށާއި، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން، އެރަށުގައި ހަމަނުޖެހުން ހިނގާފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމުގައި މެނޭޖްމެންޓުގެ ފަރާތުން، ވަކި އުސޫލުތަކެއްގެ ދަށުން ކަންކަން ކުރުމަށް މުވައްޒަފުންނަށް އަންގާފައި ވާތީ އެކަންކަމާމެދު ހިތްހަމަ ނުޖެހިގެންކަން، އެނގިފައިވާ ކަމަށެވެ.

ރަށްފަޅުހުރާގައި ހިނގި މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ފެނިފައިވާ ރަށްފަޅުހުރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެެވެ.

އެރަށުގައި މަސައްކަތްކުރާ ހަތަރު ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައި ވަނީ މިއަދު މެންދުރު 13:20 ހާއިރުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!