ޚަބަރު

ކޮވިޑް-19: ރަށްފަޅުހުރާގައި އަދިވެސް ބޮޑު ކްލަސްޓާއެއް، މިއަދު 79 މީހުން ފައްސިވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަލަށް ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅުހުރާއިން ކޮވިޑް-19 މިހާތަނަށް 79 މީހުން ކޮވިޑަށް ފައްސިވެފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފައިވެއެވެ.

Ads by MWSC

އެޗްޕީއޭގެ އެންމެފަހުގެ ސާވެލެންސް ޑޭޓާއަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުތެރޭ 1717 ސާމްޕަލް ނަގާ،  150 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ދައްކާފައި ވެއެވެ. އޭގެތެރެއިން 62 މީހުން މާލެ ސަރަޙައްދުން ފައްސިވެފައި ވާއިރު، އަތޮޅުތެރެއިން ފައްސިވީ 88 މީހުންނެވެ. އަތޮޅު ތެރެއިން ފައްސިވީ މީހުންގެ ތެރެއިން 79 މީހުން ފައްސިވީ ރަށްފަޅުހުރާއިން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސި) އިން ވަނީ ބުނެފައެވެ.

ރަށްފަޅުހުރާއިން މީގެ ކުރިން ވެސް 89 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި މިއަދު އެރިސޯޓުން ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 79 އަށް އަރާފައެވެ.

އެރިސޯޓުން އެންމެ ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ. އެރަށުން 249 ރޭންޑަމް ސާމްޕަލް ނެގިއިރު، 26 މީހުން ވަނީ ފައްސި ވެފައެވެ. އަދި އޭގެ އަނެއް ދުވަހު ވެސް 21 މީހުން އެރަށުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

ހަތަރު ރަށެއްގެ މައްޗަށް ބެހިގެންވާ ރަށްފަޅުހުރާގައި 2000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!