ޚަބަރު

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން މީހަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 27 ނޮވެމްބަރު 2020 ވީ ހުކުރު ދުވަހުގެ ރޭ 22:00 ހާއިރު ބާރު ސްޕީޑުގައި، މާލޭ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާއިވީ ދިމާ ބޭރުން ނިކުތް ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރާ އެކްސިޑެންޓު ވެފައިވާ ކަމަށެވެ.

މިއެކްސިޑެންޓު ހިނގިއިރު ސައިކަލު ފަހަތުގައި އިން އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ނިޔާވެފައިވަނީ އައިޝަތު ނަޒްރާ ނަމަކަށް ކިޔާ ޒުވާނެކެވެ.

ސައިކަލު ދުއްވާފައިވަނީ ލައިސެންސް ނެތް އުމުރުން 24 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!