ޚަބަރު

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު: ރައީސް ޞާލިޙް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވަނީ ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދީ ފޭރިގެންފައިވާ ބިންތައް އަނބުރާ ދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހަކީ 1947 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!