ޚަބަރު

ލައިސަންސް ނެތަސް ބާރަށް ދުއްވާ މީހުން ނުހުއްޓުވާކަން ފާހަގަވޭ: އިންތި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލައިސަންސް ނެތަސް، ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާފައިދާ މީހުން ނުހުއްޓުވާކަން ފާހަގަ ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބާރަށް ދުއްވި ސައިކަލެއް އެކްސިޑެންޓުވެ އެސައިކަލު ފަހަތުގައި އިން ޒުވާން އަންހެނަކު މިއަދު މަރުވި ހާދިސާއަށް އިޝާރާތް ކުރައްވާ ޓްވިޓާ މެދުވެރިކޮށް އިންތި ވިދާޅުވީ ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާއިރު ޗެކްކުރާލެއް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

އިންތި ވިދާޅުވީ އެފަދައިން ގަވާއިދާ ހިލާފަށް ދުއްވުން ހުއްޓުވަންޖެހޭ ކަމަށާއި އެފަދަ ގޮތަކަށް ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ ކަަމަށެވެ.

"ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައި ދާދިޔުމުގައި ހުއްޓުވައި، ޗެކްކުރާލެއް ގިނަކަން ފާހަގަކުރެވޭ. ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ" އިންތި ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން ދުވާ ޓްރެކުގައި ޖެހި ހިނގި އެކްސިޑެންޓުގައި، ސައިކަލު ފަހަތުގައި އިން އައިޝަތު ނަޒްރާ (ނަޒޫ) ވަނީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވެފައެވެ.

Ads by Allied Insurance
  1. ޭެަަަޔާމިން

    .ކަލޭމެން ރަނގަޅު ގަވައިދެއް ހަދާބަލަ…ޕޮލިހުން އެމީހުން ހިފަހައްޓާފަ ހައްޔަރު ކުރީމަ ކަލޭމެން އެމީހުން ދޫކޮށްލަނީ