ލާމު ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ

ލ. ގަން-ފޮނަދޫ ލިންކް ރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބާރު ސްޕީޑެއްގައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި، ގަން-ފޮނަދޫ ލިންކް ރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އެކްސިޑެންޓު ހިނގީ މިރޭ 9:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ލިންކު ރޯޑުން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ހިނގި މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވިކަމުގައި ވިޔަސް ކާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ލ. ގަމުގައި މިއެކްސިޑެންޓު ހިނގާފައިވާއިރު، އައްޑޫ ސިޓީ ގަން ކޯޒްވޭގައި ވެސް މިރޭ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.