ލައިފްސްޓައިލް

ބަނޑުހައިވުން ކުޑަކުރަން ހިކިމޭބިސްކަދުރު ވަރެއް ހަމަ ނެތް!

ދެން އެމްވީ ، ދެން އޮންލައިން

ޑައިޓެއްގައި އުޅޭ ނަމަ މިކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނައިލާށެވެ. ޕިއްޒާއާއި ބާގާއާއި ޕޮޓޭޓޯ ޗިޕްސް ކަހަލަ ޖަންކް ފުޑްގެ ބާވަތްތައް މާ ބޮޑަށް ކާ ހިތްވާ ނަމަ ބަރުދަނަކަށް އެނގުމެއް ނުވާނެއެވެެ. އެހެންވެ ހިކެން މަސައްކަތްކުރާ ނަމަ އެތަކެއްޗާ ވީހާ ވެސް ބޮޑަށް ދުރުވުން މުހިއްމެވެ.

Ads by STELCO

އެކަމަކު އެއީ ފަސޭހައިން ވެދާނެ ކަމެއް ހެއްޔެވެ؟ ޑައިޓިޝަނުން ދޭ އިރުޝާދަކީ މިއެވެ. ކޮންމެ ދުވަހަކު ހިކިމޭބިސްކަދުރު ކާށެވެ. އޭރުން ޖަންކް ފުޑަށް އޮންނަ ދަހިވެތިކަން ކުޑަވެ، ބަނޑުހައިވުން ވެސް ކުޑަކޮށްދޭނެ އެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ފާޑުފާޑުގެ އެއްޗެހި ކާ ހިތްވެ، އަބަދު ބަނޑުހައިވުން އިހުސާސްކުރެވޭ ނަމަ އެކަމަށް އޮތް އެންމެ ލުއި ފަރުވާއަކީ ސްނެކެއްގެ ގޮތުގައި ކޮންމެ ދުވަހަކު ވެސް ހިކިމޭބިސްކަދުރުކޮޅެއް ކައިލުމެވެ. ގިނަވެގެން 30 ގްރާމް ފުދޭނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ހިކިމޭބިސްކަދުރު ވެސް ކާންވާނީ ކޮންޓްރޯލްކޮށް، ވަރަށް ފަރުވާތެރިކަމާ އެކީގައެވެ. އެއް ކަމަކީ ފަހަރަކު އެއްޗެއް ނުވަތަ ދޭތި ވަރު އަނގަޔަށް ލައިގެން މަޑުމަޑުން ހަފައިގެން ކެއުމެވެ. ނުވަތަ ދިރުވައިލަން ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓް ނެގުމެވެ.

މިގޮތަށް ހިކިމޭބިސްކަދުރު ކެއުމުން ލިބޭނެ އެއް ތަރުބިއްޔަތަކީ ކެއުމަށް ރަނގަޅަށް ސަމާލުކަން ދެވުމެވެ. ސިއްހީ މާހިރުން އަބަދު ވެސް ދޭ އިރުޝާދުތަކުގެ ތެރޭގައި ލަސްލަހުން ކެއުމާއި ކާ އެއްޗެހި ރަނގަޅަށް ހަފައިގެން ކެއުން ހިމެނެއެވެ. މީގެ ސަބަބުން ހަގީގަތުގައި ކެއުން ކޮންޓްރޯލް ކުރެވި، ކާނާތަކުން ލާންވާ އަސްލު ރަހަ ގެނުވައިދޭނެއެވެ.

މޭބިސްކަދުރަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންތަކާއި ގުދުރަތީ ފޮނިކަން ގެނެސްދޭ އެއްޗަކަށްވުމާ އެކު، މި ކެއުމުން ބަނޑު ފުރިފައި ހުންނަކަމުގެ އިހުސާސްވާނެއެވެ. ހަމަމިއާ އެކު މިއީ ހަށިގަނޑަށް މުހިއްމު ނިއުރޯޓްރާންސްމިޓާޒް ނުވަތަ ގަބަ (ގަމާ-އެމިނޯބިއުޓްރިކް އެސިޑް) ލިއްބައިދޭނެ އެއްޗެކެވެ. އަދި ކޮންމެ ދުވަހަކު ހިކިމޭބިސްކަދުރު ކާ ނަމަ ލޭގައި ހަކުރު އެކުލެވޭ މިންވަރު ވެސް ކޮންޓްރޯލްކޮށް ދޭނެއެވެ.

އެހެންވެ މިއީ ދިގު މުއްދަތަކަށް ނުވަތަ އާންމުކޮށް ބޭނުންކުރާ އެއްޗަކަށް ހެދުން މުހިއްމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!