ޚަބަރު

އެމްޕީއެލް ގެ ޗެއާމަން ކަމުން ޒަކީ އިސްތިއުފާ ދެއްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ ބޮޑު ޚިޔާނާތް ފަޅާ އަރުވާލުމަށް ފަހު، އެކުންފުނީގެ ޗެއާމަން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން، އެމްޕީއެލްގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވާފައިވާކަން ޒަކީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވާ ޒަކީ ވިދާޅުވީ، އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ އިއްޔެއިން ފެށިގެން ކަމަށެވެ.

އެމްޕީއެލް އިން އަށް މިލިއަން ރުފިޔާގެ ޚިޔާނާތެއް ހިންގާފައިވާ ކަމަށާއި އެކަން ހާމަވުމުން އެމައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެކުންފުނީގެ ބޯޑުން އެއްބާރުލުން ލިބިފައިނުވާކަމަށް ވިދާޅުވެ، އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޓްވީޓު ކުރެއްވީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

ނަމަވެސް 25 ނޮވެމްބަރު ވަނަ ދުވަހު އެމްޕީއެލް އިން ވަނީ އެމުވައްޒަފުން ސަސްޕެންޑުކޮށް މަސައްކަތުން އެކަހެރި ކޮށްފައެވެ.

އެ މައްސަލަ ޒަކީ ފަޅާ އަރުވާލެއްވުމުން އެމްޕީއެލްއިން އެ ކަމާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުރަބަންދުގައި އެ ކުންފުންނީގެ އޮޕަރޭޝަންތައް ހިންގި މުއްދަތުގެ ތެރޭގައި، ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!