ޚަބަރު

ބަޖެޓު ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށް: ސެންބެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

2021 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓު ހުށަހަޅާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ރައްޔިތުން މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕާލިމަންޓަރީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސެންބެ ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމީރު އަމަލު ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާއާއި މާލިއްޔަތު ޤާނޫނާ ޚިލާފަށް ކަމަށެވެ. އެ މާއްދާގައި ބުނާ ގޮތުގައި ދައުލަތުން ޚަރަދު ކުރަން ވާނީ ރައްޔިތުން މަޖިލިހުން ފާސްކުރާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުން 2020 ވަނަ އަހަރަށް ފާސްކުރި މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު މުރާޖައާ ކޮށްފައިވާ ކަމަށް ބުނި ނަމަވެސް 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެ މުރާޖައާ އާ ގުޅޭ ގޮތުން ހިމަނާފައި ވަނީ އެންމެ ފޮޅުވަތެއް ކަމަށެވެ.

2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގައި އަންދާޒާ ކޮށްފައިވާ ކަން ފާހަގަކޮށް ސެންބެ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ މަޖިލިހަށް އިތުރަށް ބަޖެޓެއް ފޮނުވި ކަމަށާއި އެ ބަަޖެޓުގެ ބޭރުން ވެސް ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް މަޖިލީހަށް ހުށަހަޅާފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދި ބަޖެޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ފާހަގަކޮށް އެއީ ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ކަމަށް ސެންބެ ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތް ބަޖެޓު ވޯޓުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން ބައިވެރިވެފައިއެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!