ފިލްމީތަރި ރާހުލް ރޯއީ އަށް ޝޫޓިންގެ ތެރެއިން ސްޓްރޯކެއް ޖެހި ހޮސްޕިޓަލްގައި ފަރުވާ ދެނީ

90ގެ އަހަރުތަކުގައި ވިދާލި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ރާހުލް ރޯއީއަސް ސްޓްރޯކެއް ޖެހި މުމްބާއީގެ ނަނަވަޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
އެގައުމުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ރާހުލް ރޯއީގެ ސިކުނޑިއަށް ސްޓްރޯކެއް ޖެހިފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަރްގިލްކިޔާ ސަރަހައްދެއްގައި ފިލްމެއްގެ ޝޫޓިން ކުރިއަށް ގެންދަނިކޮށެވެ.
ހޮސްޕިޓަލްއާ ހަވާލާދީ މީޑިއާތައް ބުނާ ގޮތުގައި 52 އަހަރުގެ އެކްޓަރުގެ ޙާލު މިހާރު ދަނީ ރަނގަޅު ވަމުންނެވެ.
ރާހުލްރޯއީ މަޝްހޫރު ވެގެން ދިޔައީ މަހޭޝްބަޓް ޑައިރެކްޓްކޮށް ، އަނޫ އަގަރްވާލްއާއެކު ފެނިގެން ދިޔަ ރާހުލް ރޯއީގެ ފުރަތަމަ ފިލްމް އާޝިގީއިންނެވެ. އޭގެ ފަހުން ޖުނޫން އާއި ޕިރްތޭރީ ކަހާނީ ޔާދު އާއީ އިން ވެސް އޭނާ ވަނީ ބެލުންތެރިންގެ ތަރުހީބު ހޯދާފައެވެ. ރާހުލް ރޯއީ ވަނީ ބިގް ބޮސްގެ ފުރަތަމަ ސީޒަންގެ ޗެމްޕިއަންކަން 2006 ވަނަ އަހަރު ހޯދާފައެވެ.