ޚަބަރު

އެޗް7 ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

"ހިޔާ" މަޝްރޫއުގެ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H7 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ.

Ads by STELCO

އެޗް7 އަށް ޝަރުތު ހަމަވާ މީހުންނާއި ޑިސްކޮލިފައިކުރި މީހުންގެ ލިސްޓް ހިމެނޭ އިއުލާން

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ވަނީ H7 ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

‏H7 ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާނީ ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީ ގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައި ނުވާ، ކައިވެނިކޮށްގެން އުޅޭ ދިވެހީންނަށެވެ.

މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަ ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ 15:00 އަށް ވަނީ ހުޅުވާލައިފައެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ.

ކޮމެޓީން ބުނީ "ހިޔާ" މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކުރާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!