އެއްކޮށްލި ދެ އެޕާޓްމެންޓް އަތުލުން މަޑުޖައްސާލަން އަމުރެއް ނުކުރި
ހިޔާ ފްލެޓްގެ ފާރު ތަޅާލައިގެން ދެ އެޕާޓްމެންޓެއް އެއްކޮށްލިުމުން އެ ދެ އެތަން އަތުލަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލު ކޮށްފައިވާތީ ކޮންމެ އެޕާޓްމެންޓެއް އެއް ލައްކަ ރުފިޔާއިން (ޖުމްލަ ދެލައްކަ ރުފިޔާ) ޖޫރިމަނާކޮށް އެތަން ކުރިން ހުރިިިި ގޮތަށް ހެދުމަށް އަންގާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުއެވެ.
އާބަންކޯއިން އޭރު ބުނީ އެ އެޕާޓްމަންޓް 14 ދުވަހުގެ ތެރޭގައި ހުސްކޮށް އާބަންކޯއާއި ހަވާލުކުރަން ޖެހޭނެ ކަމަށާއި މިހާތަނަށް ނުދައްކާ ހުރި ކުލި 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށް އެ ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފައިވާ ކަމަށް އެކުންފުނިިން މަޢުލޫމާތު ދެއްވައެވެ.
މި މައްސަލައިގައި ކޯޓުގެ ނިންމުމުގައިވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނުނެރުނަސް, އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ނުފެންނަ ކަމަށް އެ ނިންމުމުގައިވެ އެވެ.
ޜިޝްވަތު ފައިސާ ހަމަޖެހެންދެން މަޑުޖައްސާލީ