ލައިފްސްޓައިލް

ކިޑްސް ސްޕެޝަލް: ޗިކަން ޑޯނަޓް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by MWSC

300ގ ބޯންލެސް ޗިކަން (މިކްސަރެއް ނުވަތަ ފުޑް ޕްރޮސެސަރެއް ބޭނުންކޮށްގެން ފުނޑާފައި)

1 އަލުވި (ފެނުކެއްކުމަށްފަހު މަށައި ޗަސްކޮށްފައި)

2 މޭޒުމަތީ ސަމުސާ އަސޭމިރުސް

1 ފިޔާ (ކުދިކޮށް ކޮށާފައި)

2 މިރުސް (ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ލޮނުމެދު- އިނގުރު ޕޭސްޓް

½ ޖޯޑު ފުށް އަދި އިތުރަށް 1 މޭޒަމަތީ ސަމުސާ ފުށް

½ ޖޯޑު ފާރޮށި ކުނޑި

¼ މޭޒުމަތީ ސަމުސާ ބޭކިންގް ޕައުޑަރު

1 ބިސް

ރަހަލާވަރަށް ލޮނު

ތެޔޮކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު، 1 މޭޒުމަތީ ސަމުސާ އަސޭމިރުސް އަދި ލޮނު އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލަންދެން ކައްކާލާށެވެ.

ކޮންޓެއިނަރެއްގައި ޗަސްކޮށްފައި ހުރި އަލުވި، ފިޔާ، މިރުސް، ލޮނުމެދު-އިނގުރު ޕޭސްޓް، 1 މޭޒުމަތީ ސަމުސާ އަސޭމިރުސް އަދި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. މިގެ ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅުކޮޅު، ފުށް، ޕާން ކުނޑި، ބޭކިންގް ޕައުޑަރު އަދި ބިސް އެޅުމަށްފަހު މަޑު ފުށްގަނޑަކަށް ވާހެން މޮޑެލާށެވެ.

މެދު ގިނީގައި ތާހެއް ނުވަތަ ފުން ތަވައެއްގައި ތެޔޮކޮޅު ހޫނުކުރަން ޖެއްސުމަށްފަހު ކުރިން މޮޑުނު ފުށްގަނޑުން ގުޅަ ޖަހާލާށެވެ. ގުޅަ ޖަހާއިރު ބޭނުން ސައިޒަކަން މިގުޅަތައް ޖެހިދާނެއެވެ. މީގެން ގުޅައެއް ނެގުމަށްފަހު އަތް ބޭނުންކޮށްގެން ފަތާކޮށްލާށެވެ. އަދި އިނގިލި ބޭނުންކޮށްގެން މިގުޅައިގެ މެދުގައި ލޯވަޅެއްއަޅައި ޑޯނަޓެއްގެ ބައްޓަމަށް ގެންނާށެވެ.

ހޫނުކުރި ތެލުގައި މި ޑޯނަޓްތަށް ރަންމުށިކުލަ އަރަންދެން ދެފުށް ޖަހަމުން ތެއްލާލާށެވެ. ޗިލީ ސޯސް ނުވަތަ މަޔޮނައިސް އާއެކު ކާލަން ވަރަށް މީރުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!