ދުނިޔެ

ފްލޮރިޑާއިން އުމުރުން އެންމެ 6 އަހަރުގެ ކުއްޖެއް ހައްޔަރު ކޮށްފި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ފްލޮރިޑާ ގައި އުމުރުން 6 އަހަރުގެ ކުއްޖަކު ހައްޔަރު ކުރަމުން ގެންދަނިކޮށް އާންމު ކުރެވުނު ވިޑިއޯއެއް ފެނި ގިނަ ބައެއްގެ ގާތަށް ރުޅި އައިސްފިއެވެ.

Ads by Sosun Fihaara

މި ކުޑަ ކުއްޖާ ހައްޔަރު ކޮށްފައި ވަނީ ސުކޫލުގައި ޓީޗަރަކާ ދިމާލަށް ބުނަން ނުވާ ޒާތުގެ ބަހެއް ބުނުމުން ކަމަށް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ލިބިފައިވެއެވެ. އަދި މި ކުއްޖާ ހައްޔަރު ކޮށްގެން ގެންދިޔަ ވަގުތު މަދަދަށް އެދި ގޮވާ އަޑާއި، ޕޮލިސް ސްޓޭޝަނަށް ދާން ބޭނުން ނުވާ ވާހަކަ ތަކުރާރު ކުރަމުން ދިޔައެވެ.

އެހެން ނަމަވެސް އެ ޕޮލިސް މީހާ އެކުއްޖާ ހައްޔަރު ކޮށްގެން ދިޔައީ ބިޑި ވެސް އެޅުވުމަށް ފަހުގައެވެ. އާންމު ވެފައިވާ މި ވިޑިއޯ ކޮށްފައި ވަނީ އެސުކޫލުގެ ސެކިއުރިޓީ ގާޑެވެ. އަދި އެ ކުއްޖާ ހައްޔަރު ކޮށްގެން ދިއުމަށް އެދި އެންމެ ބޮޑަށް އަޑުލާ ހެދި މީހާއަކީ ވެސް ހަމަ އެ ސެކިއުރިޓީ ގާޑުކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރެވުނު ހިސާބުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ވީޑިއޯ ކުރި މީހާއަށާއި ޕޮލިސް މީހާއަށް އަމާޒުވެގެން ދިޔައެވެ، އަދި މި ޕޮލިސް މީހާގެ މައްޗަށް ވަނީ ކުޑަކުއްޖަކާ ދޭތެރޭ އަނިޔާވެރިކޮށް ކަންތައް ކުރުމުގެ ތުހުމަތު ކުރެވިފައެވެ. އަދި ފުލުހުންގެ އިސް އޮފިޝަލުންގެ އެއްވެސް ހުއްދައަކާ ނުލާ އެގޮތަށް ކުޑަކުއްޖެއް ހައްޔަރު ކޮށްގެން ގެންދިޔުމުގެ ސަބަބުން އެކަމަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ،

  1. ކޮބައި ވީޑިއޯ. ބޮއި ހަލާކު