ޚަބަރު

މާލޭ މަގުމަތިން ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި އިންޑިއާ މީހަކު ހައްޔަރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލެ މަގުމަތިން ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭ މަގުމަތިން ދިޔަ ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 1 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ރޭ 10:08 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން އުމުރުން 54 އަހަރުގެ އިންޑިއާ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މިމައްސަލަ ފުލުހުން އިތުރަށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަގުމަތިންދާއިރު ފުރައްސާރަ ކުރުމާއި އެކިކަހަަލަ ގޯނާ ކުރުން މިފަހަކަށް އައިސް އަނެއްކާ ވެސް އަންނަނީ އާންމުވަމުންނެވެ.

އެހެންކަމުން މަގުމަތީގައި އުޅޭއިރު ރައްކާތެރިވުމަށާއި މިފަދަ މަައްސަލައެއް ކުރިމަތި ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެމައްސަލަ ހުށަހެޅުމަށް އަބަދުވެސް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!