ދަނާލު ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެ
ދަނާލް ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި މިރޭ އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ 19:17 ހާއިރު ދަނާލް ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ ޓީމުން ހަރަކާތްތެރިވެ މިހާރު އެއަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ކާރުގެ އިންޖީނުގައި ކަމަށެވެ.
މިހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ފޮޓޯއިން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވަނީ ޕްރައިވެޓް ކާރެއްގައެވެ.
Ads by Allied Insurance