50 ގަރުނަށްވުރެ ގިނަ ދުވަސްވީ ބޮޑުމަހެއްގެ ކަށިގަނޑު ފެނިއްޖެ!

ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ 5000 އަހަރު ވެފައިވާ ބޮޑުމަހެއްގެ ކަށިގަނޑެއް ތައިލެންޑުގެ ހޯދުންތެރިންތަކެއް ހޯދައިފިއެވެ.
މި ބޮޑުމަހުގެ ކަށިގަނޑު ފެނިފައި ވަނީ ތައިލެންޑުގެ ބެންކޮކުންނެވެ. މި ހޯދުންތެރިން ހާމަކުރާ ގޮތުގައި އެ ބޮޑުމަހުގެ ދިގުމިނުގައި 39 ފޫޓު ހުރެއެވެ.އަދި އެ މަހު ކަށިގަނޑު ފެނިފައި ވަނީ ބެންކޮކުގެ "ކޯސްޓް އޭރިއާ" އިން 7.5 މޭލު ދުރުން ކަމަށް ވެސް މި ހޯދުންތެރިން ބުނެއެވެ.
މި ކަށިގަނޑު ނިސްބަތް ވަނީ ބޮޑުމަހުގެ ބާވަތަށް ކިޔާ ނަމަކީ "ބްރިޑެސް" އެވެ. އަދި މި ބާވަތުގެ ބޮޑުމަސް 13 ޓަނާއި 28 ޓަނާ ދެމެދުގެ ބަރުމިނަކަށް ބޮޑުވާނެ ކަމަށް ވެސް ލަފާކުރެއެވެ. މި ކަށިގަނޑުގައި 10 ފޫޓުގެ ބޮލަކާއި މޭކަށިގަނޑެއްގެ އިތުރުން ބޮޑުމަހުގެ އެހެން ބައެއް ގުނަވަންތައް ވެސް ހިމެނެއެވެ.
މި ބޮޑުމަސް ކަށިގަނޑުގެ ފޮޓޯތައް ފޭސްބުކުގައި ހިއްސާކޮށްފައިވަނީ ތައިލޭންޑުގެ ތިމާވެއްޓާ ބެހޭ ވަޒީރު ވަރަވުތު ސިލްޕާއެވެ.
އިތުރަށް ދިރާސާކޮށް މި ބޮޑުމަހުގެ އަސްލު އުމުރު ހޯދުމަށް ހޯދުންތެރިން ދަނީ މަސައްކަތް ކުރަމުންނެވެ.