ދުނިޔެ

ތައިލެންޑުގެ ޙާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ތައިލެންޑުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ އެ ޤައުމުގައި އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19އަށް ފައްސިވާ މީހުން އިތުރުވެ، އެ ގައުމުން ފާއިތުވެދިޔަ 24 ގަޑިއިރުރިކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވެއެވެ. އިއްޔެ ފައްސިވީ ޖުމްލަ އަދަދު ކަމަށްވާ 1582 އަކީ އެންމެ ގިނަ މީހުން ނިއު ނޯމަލްއަށް ބަދަލުވީ ފަހުން އެއް ދުވަހެއްގައި އެންމެ ގިނައިން ފައްސިވީ އަދަދެވެ.

މިއާ އެކު މިހާރު އެ ގައުމުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެ ގޮތުން ތައިލެންޑުގެ ސަރުކާރުން ވަނީ ބައެއް ކެފޭތަކާއި ވިޔަފާރި މަރުކަޒުތައް ބަންދުކުރުމަށް އަންގައިފައެވެ. މީގެ އިތުރުން އޮފީސްތަކަށް ގޮސް މަސައްކަތް ކުރާ މީހުން ގެއިން މަސައްކަތް ކުރުމަށް ވެސް ވަނީ އަންގައިފައެވެ.

ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތަށް އެ ޤައުމުގެ މަދަރުސާތައް ބަންދުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި 50 މީހުންނަށް ވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

ތައިލެންޑުގައި މިހާތަނަށް 39،038 މީހުންނަށް ކޯވިޑް-19 ޖެހި 97 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!