ދުނިޔެ

ތައިލެންޑުގެ ޕްރައިމް މިނިސްޓަރު، ރިޕޯޓަރުންގެ ގަޔަށް ސެނެޓައިޒާ ސްޕްރޭ ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ތައިލެންޑުގެ ޕްރައިމް މިނިސްޓަރު، ޕްރަޔުތު ޗަންއޯޔާ، އެގައުމުގެ ބައެއް ރިޕޯޓަރުންގެ ގަޔަށް ސެނެޓައިޒާ ބުރުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ އެގޮތަށް ކަންތައް ކޮށްފައި ވަނީ ނޫސްވެރިންގެ ބައްދަލު ވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދިނުމުގެ ތެރޭގައެވެ. އެގޮތުން ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ ނޫސްވެރިން ، އެމީހުންނާ ބެހެން ޖެހޭ ކަންކަމާ ބެހުމަކީ އެންމެ ރަނގަޅު ވާނެ ގޮތް ކަމަށެވެ.

އޭނާ އެ ބައްދަލުވުމުގައި އަމަލު ކުރި ގޮތަކީ ވަރަށް ބޭއަދަބީ، ނާތަހުޒީބު އަމަލެއް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މަންޒަރުން ފެނިގެންދާ ގޮތުގައި، އޭނާ، އަލަކަހޯލު ހިމެނޭ އެ ސެނެޓައިޒާ ޖެހިއިރުގައި އެތައް ބަޔަކު ދިޔައީ އޭނާގެ އެ މި ބޭއަދަބީ އަމަލު ވީޑިއޯ ވެސް ކޮށްފައެވެ.

މީގެ އިތުރުން އޭނާ ސްޕްރޭ ޖަހަމުން އެއީ ޑިސްއިންފެކްޓު ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ވެސް އެ ވީޑިއޯގައި އޭނާ ބުނަމުން ދިޔައެވެ. އޭނާގެ މި ނާތަހުޒީބީ އަމަލަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެތައް ބަޔަކު އަންނަނީ އެކަމަށް ނުރުހުން ފާޅު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!