ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ހަވީރު ބޭއްވުމަށް އެޖެންޑާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ހަވީރު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާ ކޮށްފައި ވަނީ މާދަމާ ހަވީރު 4:30 ގައި ބޭއްވުމަށެވެ.
މިދައުރުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ މުޅިން ވެސް ކޮމިޓީ ރިޕޯޓު ތަކެވެ.
މި ރިޕޯޓްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންޤުމުގެ ޤާނޫނަށް އިޞްލާހު ޤަނުއުމުގެ ބިލާއި ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހިމެނެއެވެ. އަދި ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދެއްވި މައުލޫމާތަކީ ސައްޙަ މައުލޫމާތެއް ނޫންކަމަށް 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑާ-19 އާގެޅޭ ޚަރަދުތަކުގެ ކޮމްޕްލަނަންސް އޮޑިޓް ރިޕޯޓް” ގައި ބަޔާންކޮށްފައިވާތީ، އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހިމެނެއެވެ.
މާދަމާގެ ޖަލްސާއަށް 8 ކޮމިޓީއެއްގެ ރިޕޯޓެއް އެޖެންޑާ ކޮށްފައިވެއެވެ. މިދައުރުގެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. އެގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި ނިންމުމަށް އަމާޒު ކަނޑައަޅާފައިވަނީ ދިވެހި ފުލުހުންގެ ބިލެވެ. މިއީ މިދައުރުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ނުނިމި އޮތް އެންމެ މުހިއްމު އެއްބިލެވެ.