ބޮލީވުޑް މުނިފޫހިފިލުވުން

ފިލްމަކުން ފެނުމުގެ ކުރިން އިބްރާހިމް އާންމުންނަށް ގިނައިން ފެންނާކަށް ސައިފް ބޭނުމެއް ނުވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސައިފް އަލީ ޚާން ގެ ދޮށީ ފިިރިހެންދަރި އިބްރާހިމް އަލީ ޚާން، ފިލްމަކުން ފެނުމުގެ ކުރިން ސޯޝަލް މީޑިއާގައި އުޅެން ބޭނުން ނުވާ ކަމަށް ސައިފް ބުނެފިއެވެ.

Ads by Sosun Fihaara

ސައިފް ބުނެފައިވަނީ އެކްޓު ކުރުމުގެ ދާއިރާއިން އިބްރާޙިމް ކުރިއަށް ދާން ބޭނުންވާނަމަ، ފުރަތަމަ ފިލްމު ރިލީޒްވުމުގެ ކުރިން ސޯޝަލް މީޑިއާގައި އޭނާ އުޅެ، އާއްމުންގެ ތެރޭގައި މާކުރިންސުރެ އޭނާ މަޝްހޫރުވާން ބޭނުން ނުވާ ކަމަށެވެ.

ސައިފް މިހެން ބުނެފައިވާއިރު، އިންޑިއާގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރުމުގެ ކުރިން އިބްރާހިމް ވަނީ ޓިކްޓޮކް ވީޑިއޯ ތަކެއް ވެސް ހަދާފައެވެ.

އުމުރުން 19 އަހަރުގެ އިބްރާހިމަކީ "ރީތި ކުއްޖެއް" ކަމަށް ސައިފް ބުނެފައި ވެއެވެ. އެހެން ނަމަވެސް ބޮލީވުޑްގައި ފައިހަމަ ކުރަން ބޭނުންނަމަ ސޯޝަލް މީޑިއާއާ އަދި ދުރުގައި ހުރުމަށް ސައިފް ވަނީ އޭނާގެ ދެވަނަ ދަރިފުޅަށް ނަސޭޙަތް ދީފައެވެ.

"އަހަރެން ބޭނުމީ ފިލްމު ކަހޯނާ ޕިޔާރްހޭ އިން ފުރަތަމަ ރިތިކް ރޯޝަން ފެނި ބެލުންތެރިންގެ މެދުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަގުބޫލުކަން ހޯދި ފަދައިން، އިބްރާހިމް ވެސް މަގުބޫލުކަން ހޯދަން. އިބްރާހިމް އަކީ ރީތި ކުއްޖެއް، އަދިވެސް ޅަ ކުއްޖެއް. އެހެންކަމުން ބޮލީވުޑަށް އަންނަން ބޭނުންނަމަ މީހުންނަށް އޭނަ ފެންނަވަރު މަދު ކުރަން އެބަޖެހޭ" މުމްބައި މިރޯ އަށް ދިން އިންޓަވިއު އެއްގައި ސައިފް ބުނެފައި ވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!