ބޮލީވުޑް މުނިފޫހިފިލުވުން

ވަރުން ދަވަން އާއި ނީތޫ ކަޕޫރު ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ވަރުން ދަވަން އާއި ނީތޫ ކަޕޫރު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ޗަންގިދަގަރް ގައި މި ދެ ތަރިން ވެސް ކޮވިޑަށް ފައްސި ވެފައިވާކަން އެނގިފައިވަނީ އިއްޔެއެވެ. ކޮވިޑަށް ފައްސިވީއިރު އެދެމީހުން ވެސް ދިޔައީ އެމީހުން އެއްކޮށް ކުޅޭ ފިލްމު "ޖުގް ޖުގް ޖިޔޯ" އަށް ޝޫޓު ކުރަމުންނެވެ. އެފިލްމުގައި އެމީހުންނާއެކު އަނިލް ކަޕޫރު އަދި ކިއާރާ އަދްވާނީ ވެސް ހަރަކާތްތެރިވެއެވެ.

އެނގިފައިވާ ގޮތުގައި ނީތޫ (62އ.) މިހާރު ވަނީ އެނބުރި މުމްބައިއަށް އައިސްފައެވެ. އޭނާއަށް އެއްވެސް މީހަކާ ކޮންޓެކްޓުނުވެ އެކަހެރިވެގެން ހުރެވޭނެ ގޮތާއި ހުރިހާ ކަމެއް ހަމަޖައްސައި ދިނީ ފިރިހެން ދަރިފުޅު ރަންބީރް ކަޕޫރު ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

"ނިތޫ ކޮވިޑަށް ފައްސިވީ އިއްޔެ. އެހެންވެ މުމްބައިއަށް އާދެވޭނެ ގޮތާއި، އައިސްފައި މިކޮޅުގައި އެކަހެރިވެ ބޭނުންވާ ރަނގަޅު ފަރުވާ ލިބޭނެ ގޮތް ހަމަޖައްސައިދިނީ ރަންބީރު ، ޗަންދިގަރުގައި ނީތޫ ހުރީ އާއިލާއާއި ދުރުގައި އެކަނި" އެއާއިލާއާ ގާތް މީހަކު ބުނެފައިވެއެވެ.

ނީތޫ އާއި ވަރުން ގެ އިތުރުން އެފިލްމުގެ ޑައިރެކްޓަރ ރާޖް މެހެތާ ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނީތޫ އެނބުރި މުމްބައިއަށް ދިޔަ ނަމަވެސް ވަރުން އާއި ރާޖު ކަރަންޓީނު ވެފައިވަނީ ޗަންދިގަރުގައެވެ.

ބައެއް ފަރާތްތަކުން އިއްޔެ ބުނެފައި ވަނީ އަނިލް ކަޕޫރު ވެސް ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަ އޭނާ ވަނީ ދޮގު ކޮށްފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!