އުރީދޫ އާޗާ ޑެއިލީ 1ޖީބީ ޕްލޭން: މަހަކު 30 ޖީބީ އެންމެ 500 ރުފިޔާއަށް!
ރާއްޖޭގެ އެންމެ މަގުބޫލު މުއާސަލާތީ ޚިދުމަތް ކަމަށްވާ "އޫރީދޫ މޯލްޑިވްސް" އިން މުޅިން އައު ޑޭޓާ ޕްލޭނެއް ތަޢާރަފް ކޮށްފިއެވެ.
އެގޮތުން މިއަދު އުރީދޫއިން ތަޢާރަފް ކޮށްފައި މިވަނީ އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އައު ޕްލޭނެއް ކަމަށްވާ "އާޗާ ޑެއިލީ 1ޖީބީ ޕްލޭން" އެވެ.
އުރީދޫއިން ބުނެފައިވާ ގޮތުގައި މި އައު ޕްލޭންތައް މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 1ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބެމުންދާނެއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް. އެގޮތުން ޑޭޓާ ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ލޯންޗް ކުރެވުނު ޕްލޭންސްއަކީ ހެޔޮ އަގުގައި އެއްފަހަރު ރިޗާޖްކޮށްލައްވައިގެން ކޮންމެ ދުވަހަކުވެސް ޑޭޓާ އައުވެގެންދާ ޕެކްތަކެއް. ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އެދުވަހުގެ ކަންކަމަށް ބޭނުންކުރާނެ އައު ޑޭޓާއާއި އެކު." މި އައު ޕްލޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އާޗާ ޕްރިޕެއިޑް ޕްލޭންސް
- އާޗާ ވީކްލީ ޕެކް: 7 ދުވަހަށް 7 ޖީބީ (ދުވާލަކު 1 ޖީބީ) އަދި އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް، އަގު 150 ރުފިޔާ
- އާޗާ މަންތްލީ ޕެކް: 30 ދުވަހަށް 30 ޖީބީ (ދުވާލަކު 1 ޖީބީ) އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް، އަގު 500 ރުފިޔާ
އާޗާ ޕްރީޕެއިޑް ޕްލޭންސް އެކްޓިވޭޓް ކޮށްލުމަށް:
- އުރީދޫ އެޕް: http://ore.do/app
- އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ ވީކްލީ ޕެކް)، “UD500” (އާޗާ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
- *929*1# އަށް ޑަޔަލް ކޮށްލައިގެން ވެސް އެމްޓިވޭޓު ކޮށްލެވޭނެއެވެ.