ލައިފްސްޓައިލް

“އެއާރ ޕިއުރިފާ” އެކޭ ބުނެ ޕީއެސް 5 އެއް ގަތުމުން އަނބިމީހާ ރަތަށް !

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޕްލޭ ސްޓޭޝަނުން ގޭމް ކުޅުމަކީ ގިނަ ބަޔަކު ދެވި ހިފައިފައިވާ ކަމެކެވެ. އަދި ދާދި ފަހުން ތަޢާރަފް ކުރި ޕީއެސް 5 އާއެކު މި ކަމަށް އޮތް ޝައުޤުވެރިކަން އިތުރުވެފައިވާހެން ވެސް ހީވެއެވެ. އުފަންދުވަހުގެ ހަދިޔާ އަކަށްވެސް ބޭނުންވަނީ ޕީއެސް 5 އެކެވެ. ލޯބި ވާ ކަން ހާމަކޮށްދޭން ވެސް ޕީއެސް 5 އެކެވެ.

Ads by Sosun Fihaara

ނަމަވެސް މިފަހަރު މިއީ ތަފާތު ވާހަކަ އެކެވެ. ގިނަފަހަރަށް އިވެނީ ލޯބިވެރިޔާ ހަދިޔާ އެއްގެ ގޮތުގެ ޕީއެސް 5 އެއް ގަނެދިން ވާހަކައެވެ. އެކަމަކު މިފަހަރު އަނބިމީހާ ޕީއެސް 5 އެއް ވިއްކާލީއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޓައިވާން އަށް ނިސްބަތްވާ މި އަންހެން މީހާ ޕީއެސް 5 އެއް ވިއްކާލީ ފިރިމީހާ އެއާރ ޕިއުރިފާ އެކޭ ބުނެ އޮޅުވާލުމަށްފަހު ޕީއެސް އެއް ގަތް މައްސަލައިގައެވެ. ފިރިމީހާ ޕީއެސް ގަތުމަށްފަހު ބުނެފައިވަނީ އެއީ އެއާރ ޕިއުރިފާއެއް ކަމަށެވެ. ނަމަވެސް އެ ދޮގު ފަޅާއެރުމުން އަނބިމީހާ ވަނީ ވަނީ ވަރަށް ހެޔޮ އަގެއްގައި އޭތި ވިއްކާލާފައެވެ.

އަނބިމީހާ ޕީއެސް ވިއްކާލުމުން އޭތި ގަތް މީހާ ބުނެފައިވަނީ އެހާ ހެޔޮ އަގެއްގައި ވިއްކުމުން އޭނާ ސުވާލު އުފެދުނު ކަމަށެވެ. އަދި އެ އަންހެންމީހާ ގޭމް ކުޅޭ މީހަކާ ވައްތަރު ނޫން ވުމުން އޭނާ އިތުރަށް އޮޅުންފިލުވި ކަމުގައެވެ. ފަހުން ވީގޮތް އެނގުނު ކަމަށާއި ފިރިމީހާ އަނބިމީހާ އަށް އޮޅުވާލުމަށްފަހު ޕީއެސް ގަތް ކަމަށް އެއްބަސް ވެސް ވި ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ އަންހެނަކަށް ވިޔަސް އެއާރ ޕިއުރިފާ އަކާއި ޕީއެސް އެއްގެ ތަފާތު ވަކިކުރަން އެނގިދާނެ ކަމުގައި ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!