ޚަބަރު

ކޮވިޑް-19: އެމެރިކާގައި 5 ދުވަސް ތެރޭގައި 1 މިލިއަން މީހުނަށް ބަލި ޖެހިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

5 ދުވަސް ތެރޭގައި އެމެރިކާގައި ރެކޯޑު އަދަދަކަށް މީހުން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އާދީއްތަ ދުވަހު އެކަނި ވެސް އެ ގައުމުން 101،487 މީހުން ފައްސިވެފައިވާއިރު، އާދިއްތަ ދުވަސް ހިމަނޭހެން 5 ދުވަސް ތެރޭގައި އެގައުމުން އެއް މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފައްސިވާ މީހުންގެ އަދަދު އިތުރުވާ މައިގަނޑު ސަބަބަކީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމާއެކު، އެމެރިކާގެ އެކި ކަންކޮޅުތަކުގައި އެކި ކަހަލަގެ އެއްވުންތަކާއި ޕާޓީތައް ގިނަ ވުމެވެ.

އަދި ކުރިއަށް އޮތް ތާގައި ވެސް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެގެންދާނެ ކަމަށް ބެލެވޭކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

އެމެރިކާގައި ފައްސިވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވަމުން އަންނައިރު، ސިއްހީ ފަރުވާދޭ ތަންތަނުގެ ގިނަ އައިސީޔޫތައް ވެސް ވަނީ ފުރިފައެވެ. ކޮވިޑް ފެތުރުނު ފަހުން އެންމެ ގިނަ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ފަރުވާދީފައި ވަނީ މި މަސްތެރޭގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން މިހާތަނަށް 14.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، މިހާތަނަށް 282،200 އަށް ވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

Ads by Allied Insurance
  1. ކަނބުލޮ

    ކޮން އުމުރެއްގެ މީހުންނެއްތޯ އެންމެ ގިނައިން މަރުވަނީ؟