ރާއްޖޭގައި ޑްރަގް ނުވަންނަ ގެއެއް މިހާރު މަދުވާނެ: ޝައިޚް ޒައިދު

ދިވެހިރާއްޖޭގައި މިހާރު ޑްރަގް ނުވަންނަ ގެއެއް މަދުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް ޑީލަރުން ދޫނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި، ރާއްޖޭގައި މިހާރު ޑްރަގް ނުވަންނަ ގެއެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވެފައި މިވަނީ ކުރެއްވި ޓްވީޓެއްގައެވެ. މިއަދު ފުލުހުން ވަނީ ހިންގި އޮޕަރޭޝަނެއްގައި މަގުމަތިން ކާރެއް ހުއްޓުވައި، އޭގެތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިއަދު ހިންގި އޮޕަރޭޝަންގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގައި މިހާރު ޑްރަގް ނުވަންނަ ގެއެއް މަދޭ ބުންޏަސް ދޮގަކަށް ނުވާނެ. ހެޔޮ ނުވާނެ ޒުވާނުންނޭ، މިވަބާގައި ނުޖެހޭ. މުޅިދިރިއުޅުން ވާނީ ހަލާކު، ޕީސްކޮޅެއް ހޯދަން ސަލާން ޖަހައި، މުޅި ހަޔާތް ބަރުބާދުކޮށްލަން ޖެހެނީ. ސަލާމަތްވޭ" ޝައިހް ޒައިދު ވިދާޅުވިއެވެ.
މިއަދު ފުލުހުން ހިންގި އޮޕަރޭޝަން އަކީ ފުލުހުންގެ އެކި ޔުނިޓްތައް ގުޅިގެން، ކަނޑާއި އެއްގަމުގައި ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަންގައި ޑްރަގު ނެޓްވޯކެއްގައި ހިމެނޭ 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެފައިވެއެވެ.