ޚަބަރު

ރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފިއެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހުގެ މެންދުރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާ ދެމެދު ޑިރެކްޓަރ ޖެނެރަލް ލެވެލްގައި ބޭއްވި މަޝްވަރާތައް ވަރޗުއަލްކޮށް ވަނީ ބާއްވާފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުން ވެސް ވަނީ ދެޤައުމުގެ ގުޅުން އެކި ދައިރާތަކުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެފައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް ވިދާޅުވީ ދިވެހިރާއްޖެއިން "ވަން-ޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި ޗައިނާއަށް ދިވެހިރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޖާވިދު ވިދާޅުވީ، އަވަސް މުސްތަޤްބަލެއްގައި ދެޤައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަމަށް ވެސް ޖާވިދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!