ޚަބަރު ބޮލީވުޑް

ޝޫޓިން ނިންމާފައި ޝާހިދުކަޕޫރު އެނބުރި ގެއަށް އައުމުން ވެސް އަންހެނުން މީރާ ހުރީ ހިތްހަމަ ނުޖެހިފައި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްްހޫރު ފިލްމީ ތަރި ޝާހިދު ކަޕޫރު އޭނާ މިހާރު މަސައްކަތް ކުރަމުންދާ އެއް ފިލްމު ކަމަށްވާ "ޖާރޒީ"ގެ ޝޫޓިން ނިންމުމަށްފަހު ގެއަށް އައުމުން ވެސް އޭނާގެ އަންހެނުން މީރާ ރާޖްޕުތު ހުރީ ހިތްހަމަ ނުޖެހިފައެވެ.

Ads by STELCO

މީރާ ހިތްހަމަ ނުޖެހިފައި ހުރި ސަބަބަކީ ގެއަށް އައުމަށް ފަހުގައި ވެސް ޝާހިދު ގައިދުރުކަން އިސްކުރާތީއެވެ. އެގޮތުން އޭނާގެ ނުތަނަވަސްކަން ހާމަ ކުރުމަށް މީސްމީޑިއާގައި މީރާ ވަނީ 2 ފޮޓޯއެއް ވެސް ހިއްސާ ކޮށްފައެވެ.

މީރާގެ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވާ މި ދެ ފޮޓޯއަކީ ވެސް ޝާހިދުގެ ދެ ފޮޓޯއެވެ. ދެ ފޮޓޯއަކީ ވެސް ހަމަ އެއްގޮތަކަށް ނަގާފައިވާ ދެ ފޮޓޯއެވެ. ތަފާތަކީ އެއް ފޮޓޯ ބްލެކް އެންޑް ވައިޓްކޮށް ހުރެފައި އަނެއް ފޮޓޯ ކުލަކޮށް ހުރުމެވެ. އެގޮތުން ކުލަ ފޮޓޯގައި މީރާ ލިޔެފައި ވަނީ "ކްރަޝް" ގެއަށް އައިސްފި ކަމަށެވެ. ނަމަވެސްް އަދިވެސް ހުންނަން ޖެހެނީ ދުރުގައި ކަމަށް އޭނާ ލިޔެފައި ވެއެވެ.

ޝާހިދު ކަޕޫރު މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ޖާރޒީ" ގައި އޭނާ ކުޅޭ ރޯލަކީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލެވެ. އެގޮތުން އޭނާ އެންމެ ފަހުން ނިންމާފައި އެ އައި ޝޫޓިން އަކީ މޮހާލީ ސްޓޭޑިއަމްގައި ނެގި އެ ފިލްމުގެ ފައިނަލް ޝޫޓްތައް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

"ޖާރޒީ" ފިލްމަކީ ޒުވާން ދައުރުގައި "ފެއިލް"ވެފައި ހުރި ހުނަރުވެރި ކުރިކެޓް ކުޅުންތެރިއަކު އުމުރުން ތިރީހުން މައްޗަށް ގޮސްފައި ވަނިކޮށް އެނބުރި އައިސް ކުޅެން ފަށާ ގައުމީ ޖާރޒީގައި ކުޅޭ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ. އެ ހުރިހާ ކަމެއް އޭނާ ކުރަނީ އޭނާގެ ދަރިފުޅުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ޓަކައެވެ.

ޝާހިދު ކަޕޫރަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އަދި މީރާ އާއި ޝާހިދުގެ ޖޯޑަކީ ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ.

Ads by HDC
  1. މިހާރު އެދެމީހުން ނިދަނީވެސް ގައިދުރުކޮށްގެންނޯ…