އިންޑިއާގައި ވެރި ރަށުގައި ކޮވިޑް ވެކްސިން ޖަހަން ތައްޔާރުވަނީ

ކުރިއަށް އޮތް ހަމަ މަސް ދުވަސް ތެރޭގައި އިންޑިއާގައި ކޮވިޑް-19 ވެކްސިން ޖެހުމަށް ވާން ޖެހޭ ތައްޔާރީތައް ވެރިރަށް ދިއްލީގައި ވާން ފަށައިފިއެވެ.
އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ 4 ވެކްސިން އެއް ވަނީ އިމަޖެންސީ ހާލަތުގައި ބޭނުން ކުރުމުގެ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކުރިއަށް އޮތް 6 މަހާއި 8 މަސް ތެރޭގައި ވެކްސިން ޖަހާ ނިންމާލެވޭނެ ކަމަށް އެގައުމުން ވަނީ ލަފާކޮށްފައެވެ.
އިންޑިއާ ސަރުކާރާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އަމާޒަކީ 300 މިލިއަން މީހުނަށް ކޮވިޑް-19 ވެކްސިނުގެ 600 މިލިއަން ޑޯޒް ދިނުމެވެ. ވެކްސިން ދިނުމުގައި ސިއްހީ ހިދުމަތްތެރިންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންގެ އިތުރުން، 50 އަހަރުގެ ، ދާއިމީ ބަލިތަކަށް ބޭސްކުރާ ކޮވިޑްގެ ނުރައްކާ ބޮޑު ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފައެވެ.
އިންޑިއާ ސަރުކާރުން އަންނަނީ ކޮވިޑް ވެކްސިން ޖެހުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ވެކްސިން ރައްކާތެރިކުރުމަށް ބޭނުންވާ ކޯލްޑް ސްޓޯރެޖުތައް ވަނީ ތައްޔާރުކުރަން ފަށާފައެވެ.
މީގެ އިތުރުން އެގައުމު ރައްޔިތުންނަށް ދޭން ނިންމާފައިވާ 4 ވެކްސިންގެ ތެރެއިން އެއް ވެކްސިން ގެ މާސް ޕްރޮޑަކްޝަން ތައްޔާރު ކުރުމަށް ވަނީ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.