ބޮލީވުޑް ދުނިޔެ

އާމިރު ޚާން ، ރިތިކް އަދި ޖޯން: މި ތިން ތަރިންގެ ތެރެއިން އެކަކު ޚިޔާރު ކުރަން ބުނުމުން އަބީޝެކް ދިނީ މަޖާ ރިޕްލައިއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އާމިރު ޚާންއާއި، ރިތިކް ރޯޝަން އަދި ޖޯން އާއެކު އަބީޝޭކް ކުޅުނު ފިލްމެއް ކަމަށްވާ ދޫމް 3 ގައި، އަބީޝޭކްގެ އެންމެ "ފޭވަރިޓް" ކޯ ސްޓާރަކީ ކާކުކަން ސުވާލު ކުރުމުން ދިން ޖަވާބުން ބެލުން ތެރިން ހައިރާން ކޮށްލައިފިއެވެ.

Ads by Sosun Fihaara
Ads by STELCO

ސުވާލުގެ ޖަވާބުގައި އަބީޝޭކް ބުނެފައި ވަނީ ދޫމްގެ ފިލްމުތަކުން އާމިރު ޚާން ފިޔަވާ ރިތިކް ރޯޝަން އަދި ޖޯން އަކީ ކޯ އެކްޓަރެއްގެ ގޮތުގައި އަބީޝޭކް މަސައްކަތް ކޮށްލާ ހިތުން މަސައްކަތް ކޮށްލެވުނު ކަމަށެވެ. 2013 ވަނަ އަހަރު ބޭއްވުނު ދޫމް 3 ގެ ޕްރޮމޯޝަނަލް އިންޓަރވިއުއެއްގައި އަބީޝޭކް ބުނެފައިވަނީ، އޭނާ އެންމެ މަސައްކަތް ކުރާ ހިތުން ކުރީ ރިތިކް ރޯޝަން އަދި ޖޯންއާއެކު ކަމަށެވެ.

މީގައި ބެލުންތެރިންނަށް އެންމެ މަޖާވެގެން ދިޔަ ސަބަބަކީ ދޫމް ފިލްމުގައި، އަބީޝޭކްއާއެކު ރިތިކް، ޖޯން އަދި އާމިރު ޚާން ކުޅެފައިވާއިރު އެތަނުން އަބީޝޭކް އެންމެ ކަމުދިޔަ އަދި އެއްކޮށް މަސައްކަތް ކުރާ ހިތްވާ ކޯ އެކްޓަރަކީ ކޮބައިކަން ސުވާލު ކުރީ އާމިރު ޚާން ކަމުގައި ވާތީއެވެ.

އަބީޝޭކް ދިން ޖަވާބުގައި ބުނެފައި ވަނީ އާމިރުޚާންއާއެކު ފިލްމެއްގެ ކޯއެކްޓަރެއް ގޮތުގައި އަސްލު މަސައްކަތް ނުކުރެވޭ ކަމަށާއި، ދޫމްގައި އެ ކުޅެވުނު ބަޔަކީ އާމިރުޚާންއާއެކު ކޯއެކްޓަރެއް ގޮތުގައި ކުރެވުނު މަސައްކަތެއް ނޫން ކަމަށެވެ.

މި ސުވާލުތައް ކޮށްފައި ވަނީ އާމިރު ޚާންއެވެ. އަދި ކުރި ސުވާލުގެ ޖަވާބުގައި އާމިރު ޚާންގެ ނަން ފިޔަވާ އެހެން ހުރިހާ ނަމެއް ވެސް "ފޭވަރިޓް" ކަމަށް ބުނުމުން ގިނަ ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވެގެން ދިޔައީ އާމިރު ޚާނަށެވެ. އަދި ގިނަ ބެލުންތެރިންނަށް މިކަން ވެފައި ވަނީ މަޖާ ކަމަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!