ކުޅިވަރު

ފީއަލީ ޑިވަލޮޕްމެންޓް ސޮސައިޓީގެ ފުޓުބޯޅަ އަދި ވޮލީ މުބާރާތް މާދަމާ ފެށެނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފ.ފީއަލީގެ ޖަމިއްޔާއެއް ކަމަށް ފީއަލީ ޑިވަލޮޕްމަންޓް ސޮސައިޓީ އިން އިންތިޒާމު ކޮށްގެން ބާއްވާ އެފްޑީއެސް ސްޕޯރޓްސް ފެސްޓިވަލް މާދަމާ ފެށިގެން ދާނެއެވެ.

Ads by STELCO

އެފްޑީއެސް ސްޕޯރޓްސް ފެސްޓިވަލުގައި ފިރިހެން ޓީމު ތަކަށް އަމާޒުކޮށް ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު އަންހެން ޓީމުތަކަށް އަމާޒުކޮށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވޮލީ މުބާރާތެކެވެ. މި މުބާރާތަކީ ޖަމިއްޔާގެ ޓީމުތަކުގެ މެދުގައި ކުޅެވިގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި އަންހެން ވެސް އަދި ފިރިހެން ވެސް ހަތަރު ޓީމު ބައިވެރިވާއިރު، މިއީ މީގެ ކުރީގެ އަހަރުތަކުގައި ވެސް ފޯރިގަދަ ކަމާއެކު ކުޅެފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ބަލާއިރު ހަވަރު، މަންތިރި، ގާފިލާ އަދި އެކްސްޓްރީމް ހިމެނެއެވެ.

މި މުބާރާތުގެ މަގްސަދަކީ ކުޅިވަރުން ރަނގަޅު އަދި މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުން ކަމަށާއި އަދި ޖަމިއްޔާގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުން ކަމަށް ޖަމިއްޔާގެ މެންބަރު ޝައިހާން "ދެން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

މި މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ފޯރިގަދަ މެޗުތަކެއް ފެނިގެން ދާނެ ކަމަށް ބެލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!