ދުނިޔެ

އޮކްސްފޯޑުން އުފެއްދި ވެކްސިންގެ ދެވަނަ ޓެސްޓްގައި 10،200 މީހުން ބޭނުން ކުރާނެ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއިން އުފެއްދި ކޮރޯނާވައިރަސްގެ ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓް ކުރުމުގެ ދެވަނަ ބުރުފަށަން އެ ޔުނިވަރސިޓީ އިން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ މަހު ކުރިއަށް ގެންދިޔަ ފުރަތަމަ ބުރުގެ ޓެސްޓްކުރުންތަކުގައި ބައިވެރި ކުރީ އަމިއްލަ އަށް އިސްނެގި 55 އަހަރުން ދަށުގެ 1000 މީހެކެވެ. ނަމަވެސް ދެވަނަ ބުރުގައި 10 ހާސް މީހެއްގެ ގަޔަށް މި ވެކްސިން ޖަހައިގެން މީގެ އަޖުމަ ބަލާނެކަމަށް އެ ޔުނިވާރސިޓީ އިން ވަނީ ހާމަ ކޮށްފައެވެ.

ދެވަނަ ބުރުގެ ޓެސްޓްކުރުމުގައި 70 އަހަރުން މަތީގެ މީހުނާއި، 5 އަހަރާ 12 އަހަރާ ދެމެދުގެ ކުޑަކުދިންވެސް ހިމަނައިގެން 10،2000 މީހުން ހަމަ ކުރުމަށް ވަނީ ގަސްތުކޮށްފައެވެ. އޭރުން އެކި އުމުރުގެ މީހުންނަށް މިވެކްސިންގެ އަސަރު ކުރާ ގޮތާ، އޭގެ ނޭދެވޭ އަސަރެއް ހުރި ނަމަ އެކަންވެސް ހާމަވެގެން ދާނެއެވެ. މިވެކްސިން ގެ ޓެސްޓްކުރުން 3 ބުރަކަށް ވަނީ ބަހާލެވިފައެވެ. ޖުމްލަ ނަތީޖާއެއް ހާމަ ކުރާނީ ހުރިހާ ޓެސްޓްތަކެއް ނިމުމުން ރަގަޅަށް އޭގެ ނަތީޖާ ދިރާސާ ކުރުމަށްފަހުއެވެ. ނަމަވެސް މިހާތަނަށް ފެންނަނީ އުއްމީދުކަމަށް އެ ޔުނިވަރސިޓީ އިން ހާމަ ކުރެއެވެ.
އޮކްސްފޯޑްގެ ފަރާތުން ވަނީ، ވެކްސިން ކާމިޔާބު ވެއްޖެނަމަ އަވަހަށް މި އުފެއްދޭނެ ގޮތެއް ހެދުމަށް ސަރުކާރުތަކާ، އެހެނިހެން އިދާރާތަކުގެ އެހީ ހޯދާނެކަމާ، ގައުމުތަކަށް އިންސާފުވެރިކަމާއެކު ވެކްސިން ލިބޭނެ އަދި އެކަން ބެލޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ބާރު އަޅާނެކަމަށް ބުނެފައެވެ.

ވެކްސިން އުފައްދާ ޓީމްގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1 މިލިއަން ޑޯޒް އުފެއްދުމެވެ. ހަމަ އެއާ އެކު ވެކްސިނާ ގުޅޭ ސަލާމަތީ މަޢުލޫމާތުވެސް ވެކްސިން ބޭނުން ކުރާ އެންމެހާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް އޮކްސްފޯޑުން ހާމަ ކުރެއެވެ. މިވަގުތަށް މުޅިދުނިޔޭގައިވާ ލޮކްޑައުންތައް ފިލުވާ އާންމު ދިރިއުޅުމަކަށް އައުމަށް އޮތް ހަމަ އެކަނި މަގަކީ ކާމިޔާބު ވެކްސިނެއް ލިބުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!