ލައިފްސްޓައިލް

ކަންބޮޑުވެގެން ތިޔަ އުޅެނީ ލޯ ކައިރި ކަޅުވާތީ ތަ؟ މިއޮތީ ތިޔަ ކަމުގެ ހައްލު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހަމަ ނިދި ނުލިބިއްޖެ ރެއެއް ނަމަ އޭގެ އަނެއް ދުވަހު ލޯ ކައިރި ކަޅުވެފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެއީ ވަރަށް ގިނަ ބަޔަކަށް ދިމާވާ  ކަމެއް ވެސް މެއެވެ. ބައެއް މީހުންގެ ލޯ ކައިރި ކަޅުވުމަށްފަހު ދުވަހެއް ނުވަތަ ދެ ދުވަހެއްގެ ތެރޭގަައި ރަނގަޅުވި ކަމުގައި ވިޔަސް އަނެއްބައި މީހުންގެ ލޯ ކައިރި ކަޅުވެފައި ގިނަ ދުވަސްތަކެއް ވަންދެން ވެސް ހުރެއެވެ. މިކަމާ ކަންބޮޑުވެގެން ގިނަ ބަޔަކު އުޅެއެވެ.

Ads by MWSC

ލޯ ކައިރި ކަޅުވުމުގެ ސަބަބުން މެދުވެރިވާ ތަފާތު އެކި ކަންކަން ވެސް ވެއެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ލޯ ކައިރި ނޫފައި ގަންނަ ގޮތްވެެއެވެ. އެއީ ހަން ތުނި މީހުން ކަމުގައި މިކަމުގެ ތަޖުރިބާކާރުން ބުނެއެވެ. އަދި އެމީހުންގެ ހަންގަނޑު ތުނި ވުމުގެ ސަބަބުން ބްލަޑް ވެސަލްސް ފެންނަން ހުންނަނީ ކަމަށްވެއެވެ. އަދިި ލަކުޑި ކުލައަކަށް ހަންގަނޑުގެ ކުލަ ބަދަލުވާނަމަ އެއީ ހައިޕާޕިގްމެންޓޭޝަންގެ ސަބަބުން ވާ ކަމެއް ކަމުގައި ބެލެވެއެވެ.

ލޯކައިރި ކަޅުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ވަރުބަލިކަމެވެ. އަދި ނިދި މަދުވުމެވެ. ހަށިގަނޑަށް ލިބެން ޖެހޭ ވަރަށް ނިދި ނުލިބުމެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް ނިދި ހަމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ލޯކައިރި ކަޅުވެގެން ކަންބޮޑުވާނަމަ އެކަމުގެ ހައްލަކީ ކޮބައިތޯ ވެސް ބަލާލަން އެބަ ޖެހެއެވެ. އެކަމުގެ ހައްލަކީ "ހެލްތީ ލައިފްސްޓައިލް" އެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ނިދި ހަމަކުރުން ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެކަމާ ވީހާ ވެސް ދުރުހެލިވުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ. ލޯ ކައިރި ކަޅުވުމުން ސަލާމަތްވާން ބޭނުންވާ ނަމަ ގިނަ އަދަދަކަށް ކެފެއިން އެކުލެވޭ ބުއިންތަކާ ކެއުންތަކުން ރައްކާތެރިވާން ޖެހެއެވެ.

ލޯކައިރި ކަޅުވުމުން ސަލާމަތްވުމަށް މާ ގިނަ ކަންތައްތަކެއް ކުރާކަށް ނުޖެހޭނެއެވެ. ބޭނުންވަނީ ސިއްހަތާ ރައްޓެހި ދިރިއުޅުމެއް ބިނާ ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!