އިނގިރޭސި ބޮޑުވަޒީރުގެ އިސް އެޑްވައިޒަރު ލޮކްޑައުންއާ ހިލާފުވި މައްސަލަ ބޮޑުވެއްޖެ
އިނގިރޭސި ބޮޑު ވަޒީރުގެ ބޮރިން ޖޯންސަންގެ އިސް އެޑްވައިޒަރު ޑޮމިނިކް ކަމިންސް އޭނާގެ މައިންބަފައިންނާ ބައްދަލުކުރުމަށް ލޮކްޑައުންއާ ހިލާފުވި މައްސަލަ ބޮޑުވެއްޖެއެވެ.
މިއީ އޭނާ ލޮކްޑައުންއާ ހިލާފުވި ދެވަނަ ފަހަރު ކަމަށް އިނގިރޭސި މީޑީއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެގޮތުން އެންމެ ފުރަތަމަ ފަހަރު ކަމިންސް ވަނީ އޭނާގެ އާއިލާއާ އެކު ދުރްހަމް އަށް ގޮސްފައެވެ. އޭރު އޭނާގެ އަނބިމީހާގެ ކޮވިޑްގެ އަލާމާތްތައް ހުރި ކަމަށް ވެއެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ވަޒީފާއަށް ވެސް ނިކުމެފައެވެ.
އޭގެ ފަސް ވަރަކަށް ދުވަސް ފަހުން އަނެއްކާ ވެސް ކަމިންސް ވަނީ އަނބިމީހާއާއެކު އޭނާގެ މައިންބަފައިންގެ ގާތަށް ހިނގާފައި ދަނިކޮށް ފެނިފައެވެ.
މި މައްސަލާގައި އޭނާ މަގާމުން ވަކިކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް އެކަމުގައި ބޮރިސް އަދި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސި ދެ ނޫހެއް ކަމަށްވާ ގާޑިއަން އާއި މިރަރއިން ވަނީ ކަމިންސްއާ ގުޅޭ ގޮތުން ނުރަނގަޅު ވާހަކަ ފަތުރާފައި ކަމަށެވެ. އަދި ކަމިންސް އޮފީހުގައި މަސައްކަތް ކުރުމަށް ފަހު ގެއަށް ދިޔައީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.