ޚަބަރު

އަނބިމީހާ ގޮވައިގެން ޖިހާދަށް ދާން އުޅޭކަން އެނގުމުން އަނބިމީހާ ފިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިރިހެނަކު އޭނާގެ އަނބިމީހާ ގޮވައިގެން ޖިހާދަށް ދާން އުޅޭތީ އޭނަގެ އަނބިމީހާ ފިލައިފިއެވެ. އެނގިފައިވާ ގޮތުގައި އެމީހާ ޖިހާދަށް ދާން އުޅުނީ އެދެމަފިރިންގެ ކައިވެންޏަށް އެންމެ ތިން މަސް ފުރިފައި ވަނިކޮށެވެ.

Ads by STELCO

ނަން ހާމަ ނުކޮށް އޮންލައިން ނޫސް "ވަގުތު" ގައި ލިޔެފައި ވަނީ އެދެމަފިރިން ކައިވެނި ކުރި އިރު ފިރިހެން މީހާއަކީ ދީނީ ގޮތުން "ހަރުކަށި ފިކުރުގެ" މީހެއްކަން އަނބިމީހާއަށް ނޭނގޭ ކަމަށް އެނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ކަމަށެވެ. ނަމަވެސް ކައިވެންޏަށް ކުޑަ ދުވަސްކޮޅެއް ވީތަނުން ޖިހާދު ކުރަން ސީރިއާ އަށްދާ ވާހަކަ ފިރިހެންމީހާ އޭނާގެ އަނބިމީހާ ގާތު ކިޔަން ފެށިކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނީ އެދެމީހުން ކައިވެނި ކުރީ ވެސް ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި ސްކޫލްގައި އުޅުނު އިރު ދެމީހުން ލޯބީގެ ގޮތުން ގުޅިއްޖެ ކަމަށެވެ. އަދި ކައިވެނި ކުރީ އެއްވެސް މީހެއްގެ ނުފޫޒަކުން ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

އެމީހާ އިތުރަށް ބުނި ގޮތުގައި، ފިރިމީހާ ޖިހާދު ކުރަންދާ ވާހަކަ މާގިނައިން ދެއްކުމުން އަންހެންމީހާގެ ހިތަށް ބިރުވެރިކަން ވަދެ، އޭނާގެ އާއިލާ މީހުން ކައިރިއަށް އަވަހަށް ދިޔައީ ކަމަށެވެ.

ޖިހާދު ކުރުމަށް ކަމަށް ބުނެ މީގެ ކުރިން ވެސް އެތައް ދިވެހީންނެއް ވަނީ ސީރިއާއަށް ގޮސްފައެވެ. އޭގެ ތެރެއިން ބައެއް ދިވެހީން މިހާރު އަނބުރާ ރާއްޖެ އައިސްފައިވީ ނަމަވެސް، ބައެއް މީހުން އަދިވެސް އެތަނުގައި އެބަތިއްބެވެ. އަދި ބައެއް ދިވެހިން މިހާރު ވެސް އެތަނަށް ދިޔުމަށް މަސައްކަތް ކުރަމުން ދެއެވެ. ސީރިއާ ގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެ ބައެއް ދިވެހިން ވަނީ "ޝަހީދު" ވެސް ވެފައެވެ. އޭގެ ތެރޭގައި ބައެއް ޒުވާނުން ވެސް ހިމެނެއެވެ.

ސީރިއާ ގައި ތާށިވެފައި ތިބި ދިވެހީންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވި ދިވެހީން ރާއްޖެ ގެންނަން ސަރުކާރުން މަސައްކަތް ކުރި ކަމުގައި ވިޔަސް، އެކަމަށް އެންމެ ބޮޑަށް އެޅިފައިވާ ހުރަހަކީ އެމީހުންނަކީ ކޮން ބައެއްކަން އަންގައިދޭ ލިޔެކިޔުމެއް އެމީހުން އަތުގައި ނެތުން ކަމުގައި އެނގިފައިވެއެވެ.

Ads by Allied Insurance
  1. އަލީ

    އެކުދިން ރާއްޖެ ގެނައުމަށް އޮތްއެންމެބޮޑު ހުރަހަކީ ، މީހުން ވަކިކުރަން ނޭގުމެއްނޫން ! އެއީ އެކުދިންނުގެންނަން ދައްކާ ބަހަނާއެއް! ޑީއެންއޭ ހެދުން އެއީ ފެންފޮދެއްބޯލުންކަހަލަކަމެއް! އައިޑީއާ ޕާސްޕޯޓުނެތްއިރު ކިތައް ދިވެހިން ރާއްޖެ ގެނެސްފިތޯ ؟ އަސްލު މިސަރުކާރުން ދެކެނީ އެއީ ޓެރަރިސްޓުންކަމުގަ ، އެކަމަކު ޓެރަސްރިސްޓުންކަމުގަ ، އެކުދިންގެ ބައްޕައިންވަނީ މަރުވެސް ގޮސްފަ ދެން އެކުދިންނާއި އެކުތިބީ މައިންނާއި ޅަކުދިންތަކެއް، އެވަރު ޅަކުދިން ޓެރަރިސްޓުކުރެވޭނެ ހަމައެއް އުސޫލެއް ތިޔަބުނާ އދ ގެ އެއްވެސް ބާބެއްގަ ނޯންނާނެ. ވީއިރު އެކުދިންގެނައުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެ އެކުދިންގެންނަން ބޭނުން ނުވުން އައިޑެންޓިޓީ ނެތުމެއްނޫން .

    • މުޙައްމަދު

      ނުޖެހެޔޭ އެމީހުން ގެންނާކަށް. ދިޔައީ ޖިހާދަށް. ޖިހާދުކުރަން ބައިތިއްބާ.

      • ެހަމްދް

        ކޮބާ އެމީހުންނައް ކުރަންޖެހޭ އިހްތިރާމް

    • ޖޯޖް

      ކަލެއްށް މާބޮޑައް އިގެނީތީ

    • ޢަހަންމާ

      އަމިއްލަ އިހުތިޔާރުގަ ދިޔައީ، ސަރުކާރުން ނުޖެހޭ ގެންނާކަށް، ގައުމީ ސަލާމަތައްހުރި ނުރައްކަލަކަށްވެސް ވެދާނެ.

      • ކޮވިޑް ޖެހި މަރުވެފަތިބި މީހުން ގެންނަން އޯކޭޭ
        އެ މީހުން ނުރައްކަލެއް ނޫންދޯ.ލަދު ކޮބާ

  2. ،ހައްޖަ

    ފިލައިގެން ދިޔަބަޔަކު ފިލައިގެން އަންނަންވީނު

  3. ނަލަލީ

    ެ މިތާގަ ކީއްކުރަން އުޅޭކަށް ﷲ ގެ ހުކުމް ފުޅުތައް ބަދަލު ކޮއްގެން އުޅޭ ބައެއް.. ވައްކަން ކުރާމީއަށް ވެސް މި ދެނީ 11 ދުވަހުގެ ބަންދު. ޤުރުއާންގައި އެހާ ތަފްސީރު ކޮއް އޮންނަ އިރުވެސް.. ވައްކަން ކުރާ މީހާ އަތް ބުރި ކުރުމަށް.. ނަމަވެސް ނޫން. މި މީހުން ހުކުމް ކަޑައަޅާ ގޮތެއް.. ﷲ ގެ ހުކުމް ބަދަލު ކުރަން ބިރުގެ ކަންފުޅު ވެސް ނުހުރޭ ސަރުކާރަކުން.. އަދި ބުނާނެ އިސްލާމްދީނާ ހިލާފެއް ނުވާނަމޭ.. މި ކާފަރުން ތަކަކަށް ނޭނގެ މި ވެވެނީ ކާފަރު ކަމެއް ﷲ ގެ ހުކުމް ބަދަލު ކޮއްގެން..