ޚަބަރު

ޤައުމީ އިނާމުތައް ދޭން ބާއްވާ ރަސްމީ ޖަލްސާ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ދައުލަތުން މި އަހަރު ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، މި ހިނގާ ޑިސެމްބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ބުނި ގޮތުގައި މި ޖަލްސާ އޮންނާނީ، އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

މިއީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާ އެކެވެ. މި ޖަލްސާގައި ދެއްވާ އިނާމުތަކުގެ ތެރޭގައި، ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ވެސް ހިމެނެއެވެ.

ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށް މި ބާއްވަވާ ޖަލްސާ އިންތިޒާމު ކުރައްވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުންނެވެ. އަދި މި ޖަލްސާގެ ކަންތައްތައް ރާއްވަވަމުން ގެންދަވަނީ، އެޗް.ޕީ.އޭ.ގެ އިރުޝާދާއެކު ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން އަޅުއްވަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން، ޖަލްސާއަށް ދަޢުވަތު އަރުވާ ބޭފުޅުންގެ އަދަދު، އެހެން އަހަރުތަކަށްވުރެ މި އަހަރު މަދުވާނެ ކަމަށް ވެސް އެއިދާރާއިން ހާމަ ކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!