ދުނިޔެ

އިންޑިއާއިން ފެނުނު ގޮތް ނޭނގޭ ބަލީގެ ހަގީގަތް ހޯދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އެލޫރޫ ސިޓީގައި ފެތުރުނު ގޮތް ނޭނގޭ ބަލި މަޑުކަމުގެ ހަގީގަތް ހޯދިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

މި ބަލިމަޑުކަމުގެ ހަގީގަތް ހޯދުމަށް ސައިންސްވެރިން ކުރި ދިރާސާތަކުން ސައިންސްވެރިންނަށް ވަނީ އެ ސަރަހައްދުގެ ގެރިތަކުން ނެގި ކިރުގެ ސާމްޕަލް އިން ނުރައްކާތެރި މައުދަނެއް ކަމުގައިވާ “ނިކެލް” ފެނިފައެވެ.

މީގެ ހަފްތާއެއް ކުރިން އެލޫރޫއިން ފެނުނު މި ބަލި 700 އަށް ވުރެ ގިނަ މީހުންގެ ގައިން ވަނީ ފެނިފައެވެ. އެމީހުންގެ ގައިން ފެނުނު އަލާމަތްތަކުގެ ތެރޭގައި ހޮޑެލެވުމާއި، ލޯ ކެރުން އަދި ފިޓު ޖެހުމާއި. ބައެއް މީހުން ހޭ ނެތުން ވެސް ހިމެނެއެވެ.

މި ބަލީގައި ޑިސެންބަރު 7 ވަނަ ދުވަހު މީހަކު މަރުވެފައި ވެސް ވެއެވެ.

ހޮސްޕިޓަލުން ހެދި ބަލި މީހުންގެ ތަހުލީލުތަކުން އެމީހުންގެ ލެއިން ވެސް ގިނަ އަދަދަކަށް ނިކެލް ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް ކިރުގައި ނިކެލް ހުންނަންވީ ސަބަބެއް މިހާތަނަށް ހޯދިފައި ނުވާއިރު، ސައިންސްވެރިން ބޮޑަށް ބުރަވަނީ އެ މާއްދާ ގެރީގެ ހަށިގަނޑަށް ގޮސްފައި ވަނީ ގަސްތަކަށް ޖަހާފައިވާ ޕެސްޓިސައިޑްގެ ސަބަބުން ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!