ދުނިޔެ

އެންމެނަށް ވެކްސިން ޖަހައި ބާކީވެއްޖެ ނަމަ ފަލަސްތީނު މީހުންނަށް ވެކްސިން ދޭނަން: އިޒްރާއީލް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިޒްރާއީލްގެ ރައްޔިތުންނަށް ވެކްސިން ދިނުމަށްފަހު ބާކީވެއްޖެނަމަ، ފަލަސްތީނު މީހުންނަށް ވެކްސިން ދިނުމާ ދޭތެރޭ ވިސްނާނެ ކަމަށް އިސްރާއީލްގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ޔޯވް ކިސްޗް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިޒްރާއިލްގެ އަތުގައި މިހާރު ވެސް އިނގިރޭސި ވިލާތުން އުފައްދާފައިވާ ތިން ލައްކައަށްވުރެ ގިނަ ޑޯޒްގެ ފައިޒާ ވެކްސިން އެބަހުރި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި މި މަސް ނިމެންވާއިރަށް އިތުރު 3.8 މިލިއަން ޑޯޒް ވެކްސިން އެގައުމަށް ލިބޭނެ ކަަމަށް ލަފާ ކުރެވެއެވެ. އަދި މިފެށޭ ހަފްތާގައި އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށަން ނިންމާފައިވާކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

އިޒްރާއިލްގެ ރައްޔިތުންނަށް ވެކްސިން ޖަހައި ހަމަވުމުން އިތުރަށް ވެކްސިން ހުރެއްޖެނަމަ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރިއާޔަތް ކުރާނެ ކަމަށް ބޭރުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އިސްރާއިލުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމައެހެންމެ، އެންމެ ފުރަތަމަ އިސްކަމެއް ދޭނީ އިސްރާއިލްގެ ރައްޔިތުންނަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއިލުގެ ވިސްނުމަކީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުން ކަމުގައި ވެސް އެގައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ފަލަސްތީނުން މިހާތަނަށް އެއްލައްކަ ސޯޅަ ހާސް ކޭސް ފެނިފައިވާއިރު، 1،048 މީހުން އެބަލީގައި އެގައުމުން ދުނިޔެ ދޫކޮށްފައިވެއެވެ. އެގައުމުގައި ނެގުނު ސުންކުތަކުގެ ތެރެއިން 41 އިންސައްތަ ސުންކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.

ރަޝިއާގެ މޮސްކޯގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ވަނީ ނޮވެމްބަރު މަހުގައި ފަލަސްތީނަށް ރަޝިއާގެ ވެކްސިން ފޯރު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ފަލަސްތީނަށް ވެކްސިން ސަޕްލައި ކުރެވޭނީ އިސްރާއިލްގެ ހެލްތު މިނިސްޓްރީ އިން ހުއްދަ ދިނުމުން ކަމުގައި ރިޕޯޓްތަކުން ބުނެއެވެ.

ފަލަސްތީނުގެ މުސްލިމުންނާ ދޭތެރޭ އިސްރާއިލްގެ ޔަހޫދީން ކަންތައް ކުރާ އިހާނެތި ގޮތަކީ މުޅި ދުނިޔެވެސް ދަންނަ ހަގީގަތެކެވެ. އެގައުމުގެ ސިފައިން ދަނީ ފަލަސްތީނުގެ ކުށެއް ނެތް އެތައްބަޔަކު މަރަމުންނެވެ.

Ads by Ooredoo
  1. މުހައްމަދު

    ތިއުޅެނީ ފަލަސްތީނު މުސްލިމުން އެއްކޮށް މި ދުނިޔެއިން ނައްތާލަން. ނަމަނަމަ އިޒްރޭލުން ދޭ ވެކްސިނެއް ނުޖަހާތި!

  2. ޑިމޮކްރަސީ

    ފަލަސްތީނުގެ ރައްޔިތުންނަކީ ކުނިގޮޑެއްނޫން ބާކީ ވެގެން އުކާލާ އެއްޗެހި ދޭކަށް ޒަޔަނިސްޓުންގެ ލަދުޙަޔާތެއްނެތްކަން ތީގެންވެސް އެގެނީ އެމީހުން ރައްކާތެރިކުރައްވާނެ ތީން އެކަކުވެކްސިންނުދިނަސް