ދުނިޔެ

އަފްގާނިސްތާނުގައި ޤުރުއާން މުބާރާތެއް ބާއްވަމުން ދިޔަ ތަނެއްގައި ބޮމެއް ގޮއްވާލާ 15 ކުޑަކުދިން މަރާލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަފްގާނިސްތާނުގައި ޤުރުއާން މުބާރާތެއް ބާއްވަމުން ދިޔަ ތަނެއްގައި ބޮމެއް ގޮއްވާލާ 15 ކުޑަކުދިން މަރާލައި 20 ކުއްޖަކު ޒަޚަމު ކޮށްލައިފިއެވެ.

Ads by WAMCO

މި ބޮން ގޮއްވާލައިފައި ވަނީ އޮޓޯ ރިކްޝޯއެއްގައި ބޮން ހަރުކުރުމަށް ފަހުގައި ކަމަށް ބޭރުގެ އޮންލައިން ނޫހެއް ކަމަށްވާ “ޓީއާރުޓީ ވޯލްޑް” އިން ބުނެފައި ވެއެވެ.

މިމައްސަލަ ހަރުކަށި ގޮތެއްގައި ތަހުގީގު ކުރަމުން އަންނަ އިރު، ހަމަލާ ދިން މީހުން ބޮޑަށް އަމާޒު ކޮށްފައި ހުރީ ކުޑަކުދިންނަށްކަން ޠާލިބާން ގެ ސްޕޯކްސްމަން ބޭރު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ބޮން ގޮއްވާލައިފައި ވަނީ އޮޓޯ ރިކްޝޯއެއްގައި އެ ސަރަހައްދަށް އެކި ކަހަލަ ސާމާނު ވިއްކަން އައި މީހެއް ގާތަށް އެތައް ކުޑަކުދިންނެއް އެއްވެ އުޅެނިކޮށް ކަމަށް ވެސް ބޭރުގެ ނޫހުގައި ބުނެފައި ވެއެވެ.

 

  1. ނަމަކިނަން

    ކަލޭމެން ކާފަރުން ރުއްސަން މުސްލިމުން ގަތުލުކޮއްލާ ޝަހީދު ކޮއްލީމަވެސް “މާރާލައިފި”. އެކަމު ތަނަކު ހުރި ބޮޑު ކާފަރެއް މަރުވީމަ ހެޑްލައިންގަ މިވެނި މީހަކު އަވަހާރަވެއްޖެއޭ ޖޫހޭ ، ބަތްޕެނޭ، ބޮނޑިބަތޭ ޖަހާނެ. އެކަމް ތިމަންނަވެސް މީ މުސްލިމެކޯލަ