ރިސޯޓް މުވައްޒަފުންގެ ކުޑަކުރި މުސާރަ ބޮޑު ކުރުމަށް ބޮންޑޭ ގޮވާލައްވައިފި

ކޮވިޑް-19 އާ ގުޅިގެން ކުޑަ ކުރި ރިސޯޓް މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.
ބޮންޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުކުރި ރިސޯޓުތައް އަލުން ހުޅުވާލުމުން ރިސޯޓުތައް ފުރިއްޖެ ކަމަށާއި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ ކަމަށެވެ.
“ރިސޯޓުތައް ފުރި ބާރުވެ ސްޓޮޕް ސޭލް ވަނީ އަޅުވާފައެވެ.! ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އައުޓުފްލޯ އިސްކުރުތައް ދޫކުރާން ޖެހެއެވެ! ރިސޯޓު މުވައްޒިފުންގެ ކުޑަކުރި މުސާރަތައް ބޮޑު ވާން ޖެހެއެވެ.! ވަކިކުރި ވަޒީފާއެއް އަނބުރާ ދޭން ޖެހޭނެއެވެ!” ބޮންޑެ ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ބޯޑަރުތައް އަލުން ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލި ފަހުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް ހަތަރު ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އާދެއެވެ.