ސިޔާސީ

ގޯތި ދޭން ވީ ވައުދު ނުފުއްދައި ދެން މި ސަރުކާރަށް އަލުން ވެރިކަމަކަށް ނާދެވޭނެ: ބޮންޑޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުދި ބިންކޮޅުތަކާއި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެ މީހުން އިހުތިޔާރުކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ދޭން ވީ ވައުދު ނުފުއްދައި، ދެން މި ސަރުކާރަށް އަލުން ވެރިކަމަކަށް ނާދެވޭނެ ކަމަށް މާފަންނު މެދުދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ގޯތި ދިނުމާ ގުޅޭގޮތުން މި ސަރުކާރުން ވީ ވައުދު ނުފުއްދާތީ އެ މައްސަލަ މިއަދު މަޖިލީހުގެ ޖަލްސާއަށް ބޮންޑޭ ހުށަހަޅުއްވައި، މައްސަލައިގެ ބަހުސް ވެސް ވަނީ ފަށައިފައެވެ. އަދި އެ ވައުދު ނުފުއްދައި މި ސަރުކާރަށް އަލުން ވެރިކަމަށް ނާދެވޭނެ ކަމަށް ބޮންޑާ ވަނީ ބަހުސްގައި ވިދާޅުވެފައެވެ.

މާފަންނު މެދުދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ، ބޯ ހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަަމަށާއި އަދި މާލޭއަކީ އިޖުތިމާއީ މައްސަލަތަކުގެ ހާއްޔަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. ހާއްސަކޮށް ގޮނޑު ހޮވައިގެން ބައެއް މީހުން ކެއުމާއި ޑްރަގުގެ ވަބާއާއި ވަރިއާއި ކުށުގެ މައްސަލަ އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

"ޕެންޝަން ފަންޑުގައި 13 ބިލިއަނަށް ވުރެ ގިނަ ފައިސާ އެބަހުރި. އެ ރައްޔިތުންގެ ޑައުންޕޭމަންޓަށް މާލޭގައި ތިއްބެވި ބޭބޭފުޅުން ވެސް ސަރުކާރުން ފައިސާ ބޭނުންވެއްޖިއްޔާ އެ ދޭ ގޯއްޗަށް ވެސް ޑައުންޕޭމަންޓް ދައްކާލެވޭ ވަރަށް ފައިސާ އެބަހުރި." ބޮންޑޭ ވިދާޅުވިއެވެ.

މިއަދުގެ އެ ބަހުސްގައި ބޮންޑޭ ވަނީ، ޕެންޝަން ފެންޑުގެ ފައިސާއާއި ކުދި ތަންތަނުގައި ދިރިއުޅޭ މީހުންގެ ބިންތައް ނެގުމަށް އެ މީހުންނަށް އެހެން ބިންތައް ދިނުމަށް ވެސް ގޮވައިލައްވައިފައެވެ. ބޮންޑޭ އިތުރަށް ވިދާޅުވީ ހުޅުމާލޭގެ 7000 ފްލެޓަކީ ދާއިމީ ހައްލެއް ނޫން ކަަމަށާއި އޭގެ ބަދަލުގައި މާލެއާ ކައިރި ހިސާބަކުން ބިންތައް ދޭން ޖެހޭ ކަމަށެވެ.

Ads by HDC
  1. ތައްކާނު

    ކަލޭގެންމަން ތިއުޅޭ ލާދީނީ ގަންޖާބޯއަކަ ށް ވެރިކަމަކަށްނާދެވޭނެ އޭނާ ޖުޒާމުބަލިފަދަބޮޑުބަލިއެއްފާކުރެއްވާނެތިކުރއްބާފާދޭވެ