ޚަބަރު

މޫސުން ގޯސްވެ ބ. އަތޮޅުން ދ. އަތޮޅަށް ހުދު ސަމާލު ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.

Ads by STELCO

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމަޔަށެވެ. މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސަރވިސުން ބުނެފައިވާ ގޮތުގައި، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެއެވެ.

ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ބެލެވޭ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެ ދުވަސް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް، ވައިގަދަވެ، މޫސުން ގޯސް ވެފައިވާތީ އެލާޓްތައް ނެރެފައި ވެއެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތް ތަކުންނާއި ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!