ޚަބަރު ބޮލީވުޑް މުނިފޫހިފިލުވުން

ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިމުނުތަނާ ރަކުލް ކޮވިޑަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިންޑިއާ ދިޔަ ތަނުން ބޮލީވުޑުގެ ތަރި ރަކުލް ޕްރީތު ސިންގު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ރަކުލް ޗުއްޓީއަށް ރާއްޖެ އައިސްފައި ވަނީ ނޮވެންބަރު މަހުގެ ތެރޭގައި އޭނާގެ ފިރިމީހާ އާއި އާއިލާ އާއެކުގައެވެ. ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް އެންޑް ވިލާގައި ހޭދަކުރި ޗުއްޓީ ރަކުލް ނިންމާލީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ރަކުލް ކޮވިޑް-19 އަށް ފައްސިވި ކަން ހާމަކޮށްފައި ވަނީ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން ކޮވިޑަށް ފައްސިވުމުން މިހާރު ކަރަންޓީނު ވެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ރަކުލް ބުނެފައިވެއެވެ.އަދި ކޮވިޑުން ރަނގަޅުވިހާ އަވަހަކަށް އެނބުރި ޝޫޓިން އަށް ދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ލޮކްޑައުން އަށް ލުއި ދިން ފަހުން ރަކުލް ފެނިގެން ދިޔައީ ޝޫޓިން ތަކުގައި ވަރަށް އަވަދިނެތި އުޅުނު ތަރިއެއްގެ ގޮތުގައެވެ.

ދެހާސް ސާދައިގައި ފިލްމު "ޔާރިޔާން" އިން ބޮލީވުޑަށް ނުކުތް ރަކުލް އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ "މަރުޖާވާ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަރުޖުން ކަޕޫރާ އެކު ކުޅޭ ފިލްމަކާއި ޖޯން އަބްރަހަމްގެ "އެޓޭކް" އާއި އަޖޭ ދޭވްގަނާ އެކު ކުޅޭ "ތޭންކް ގޯޑް" ގެ އިތުރުން އަޖޭގެ "މޭޑޭ" ހިމެނެއެވެ.

ރަކުލް އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ވެސް ވަރަށް މަޝްހޫރު ބަތަލާއެކެވެ. އޭނާގެ ކުރިއަށް އޮތް ސައުތުގެ އެންމެ ބޮޑު ފިލްމަކީ ކަމަލް ހަސަނާ އެކު ކުޅެފައިވާ "އިންޑިއަން 2" އެވެ. އެ ފިލްމުގެ ކާސްޓްގައި ދާދި ފަހުން ހަނީމޫން ޗުއްޓީ ރާއްޖޭގައި ހޭދަކުރި ބަތަލާ ކާޖަލް އަގަރްވާލް ވެސް ހިމެނެ އެވެ.

ރަކުލް ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ދޭ ދޭ ޕިޔާރު ދޭ" އާއި "ޝިމްލާ މިރްޗް" އަދި "އައްޔާރީ" ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!